ރާއްޖެ އިން އިތުރު 5,004 މީހަކަށް ވެކްސިން ދީފި!

Loading

Facebook
Twitter
WhatsApp

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން އިއްޔެ 5,004 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އިއްޔެ ވެކްސިން ދިން މީހުންގެ ތެރެއިން 3,310 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 1,694 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ.

މާލެ ސަރަހަށްދުން މިހާތަނަށް 56,979 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 18,034 މީހަކަށް ދީފައި ވާއިރު ރިސޯޓްތަކުން 99 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. މިއާއެކު، މުޅި ރާއްޖެ އިން ވެކްސިން ދިން މީހުންގެ އަދަދު 75,103 ވަނީ އަރާފައެވެ.

މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ބައްޔެއް ނުވަތަ ނުކުޅުދުންތެރިކަމެއްގެ ސަބަބުން އެނދުމަތިކުރެވިފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުން ކޯވިޑް-19 ވެކްސިން ޖެހުމަށް (އެޗްޕީއޭ) ބާރު އަޅާކަމަށް ބުނެ ވަނީ އިއުލާން އެއް ނެރެފައެވެ.އަދި އެ އިއުލާންގައި ވެކްސިން ލިބެން ހުންނާނެ ސެންޓަރު ތަކާއި ގަޑިތައްވެސް ވަނީ ބަޔާންކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް