ކޮރޯނާ ވައިރަސް ސިކުޑިއަށް ވަދެ ހަމަލާ ދީފާނެ: ދިރާސާ

Loading

Facebook
Twitter
WhatsApp

ކޮރޯނާ ވައިރަސްއަކީ ފުރަމެއާއި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއްކަމަށް ބެލެވުނަސް ކޮރޯނާ ވައިރަސް ސިކުޑިއަށް ވަދެ ހަމަލާދީފާނެކަމަށް ވެސް ބެލެވެން ފަށައިފިއެވެ.

އެކަން އެނގުނީ އެމެރިކާގައި ކުރި ބޭސްވެރިކަމާ ބެހޭ ދިރާސާތަކުންނެވެ.

ޓެކްސަސް ޔުނިވަސިޓީގައި ކަމާބެހޭގޮތުން ކުރި ތަހުގީ ދިރާސާތަކުން އެނގުނީ ކޮރޯނާ ވައިރަސް އިންސާނާގެ ސިކުނޑިއަށް ވަދެފާނޭކަމެވެ. އަދި ވައިރަހުގެ އަސަރުން އިންސާނާ ބަލިކަށިކޮށް ނިކަމެތިކޮށްފާނޭކަމަށެވެ.

އެ ތަހުގީގުގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމުގެ އަލާމާތުގެ ތެރޭގައި ވަހާއި ރައިގެ އިހުސާސުން އިންސާނާ މަހުރޫމުވާކަމެވެ. މިދެކަމަކީވެސް ކޮރޯނާ ވައިރަހުން ސިކުނޑިއަށް އަސަރުކުރާކަމުގެ ހެއްކެކެވެ. ހަމަ އެގޮތަށް ކޮރޯނާ ވައިރަސް ޖެހޭ ބައެއް މީހުން ވަރަށް ބޮޑަށް ކަންބޮޑުވެ، ހާސްވެ، މުޅި ހަށިގަނޑުގައި ވޭން އަޅައެވެ.

ޖޯޖިޔާ ޔުނިވަސިޓީން ކުރި ދިރާސާތަކުން މި އަހަރުގެ ޖެނުއަރީ މަހު އެނގުނީ ކޮރޯނާ ވައިރަސް އެތެރެހަށްޓަށްވަދެ ނޭވާލުމުގެ ނިޒާމަށް ހަމަލާ ދިނުމުގެ ބަދަލުގައި ސިކުނޑިއަށް ވަރުގަދައަށް ހަމަލާ ދޭކަމެވެ. މިއީ މީދާ ބޭނުންކޮށްގެން ކުރި ދިރާސާއެކެވެ.

އެ ދިރާސައިގައި ބައިވެރިވި ޓީމުން ބުނެފައިވަނީ އާންމުކޮށް ގަބޫލުކުރެވިފައި އޮތީ ކޮރޯނާ ވައިރަސްއަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއްކަމަށެވެ. އެކަން އެހެން އޮތަސް ވައިރަސްގެ އަސަރު ސިކުނޑިއަށް ކުރާކަމަށް އެމީހުންނަށް މިހާރު ވަނީ ގަބޫލުކުރެވިފައެވެ. އޭގެ އަސަރު އެންމެ ފަހަރަކު ނަމަވެސް ސިކުޑިއަށްކޮށްފިނަމަ، ހަށިގަނޑުގެ ހުރިހާ ބަޔަކަށް އޭގެ ވޭން އިހުސާސް ކުރެވޭނެއެވެ. އެއީ ފުއްޕާމެޔާއި ހިތާއި އެހެނިހެން ގުނަވަންތައް ކޮންޓްރޯލް ކުރަނީ ސިކުނޑިން ކަމަށް ވާތީއެވެ.

މީދާ ބޭނުންކޮށްގެން ކުރި ތަހުގީގުން އެނގުނުގޮތުގައި ބަލީގެ ހާލަތު އެންމެ ބޮޑުވަނީ ވައިރަސްގެ އަސަރުކުރާތާ ތިން ދުވަސް ފަހުންނެވެ. އޭގެފަހުން އަޅާވޭންދާނީ މައިތިރިވަމުންނެވެ.

ވައިރަހުގެ އަސަރު ކުރާތާ ފަސް ހަދުވަސް ފަހުން ވެސް ވައިރަހުގެ އަސަރު މީދަލުގެ ސިކުނޑިން ފެނިފައިވެއެވެ. ހަމައެއާއެކު ނޭވާލާން ދަތިވުމާއި ބަލިކަށިކަމުގެ އަސަރުވެސް ފާޅުވާން ހުރެއެވެ.

އެދިރާސާއިން ދެއްކިގޮތުގައި ވައިރަހުގެ މިންވަރު ހަށިގަނޑުގެ އެހެންބައިތަކަށްވުރެ ސިކުނޑީގައި އެއްހާސް ގުނައަށް ވުރެވެސް އިތުރަށް ހުންނަކަން އެނގުނެވެ.

ކޮރޯނާ ވައިރަސް ހުއްޓުމެއްނެތި ދަނީ ފެތުރެމުންނެވެ. މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަޅުގަނޑުމެންނަށް ޖެހިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް