ދެކުދިންނާއި ފިރިމީހާގެ ޖަނާޒާ އަށް މަންމަމެން ނައީ ދައްތަގެ އުފަން ދުވަހަށް އިސްކަން ދޭން ވެގެނެވެ.

Loading

Facebook
Twitter
WhatsApp

(ދެވަނަ ބައި )
އަހަރެންގެ ފޯނަށް އެވަގުތު ކޯލެއް އައެވެ. ގުޅީ އާންޓް ރުތުއެވެ. އަދި ބުންޏެވެ.“ކްލެޔާ، ދޮރު ނުހުޅުވައްޗެވެ.ދިހަ މިނިޓް ތެރޭ އަހަރެން ތިގެޔަށް ފޯރާނެއެވެ.ކްލެޔާގެ ގާނޫނީ ވަކީލް ޑެނިއަލް އަށްވެސް އަހަރެން ގުޅައިފީމެވެ.އޭނަވެސް ވަރަށް އަވަހަށް އެބަދެއެވެ.“
ބޭރުގައި ހުރެ ބައްޕަ ސީރިއަސް އަޑަކުން ބުންޏެވެ.“ކްލެޔާ، އަހަރުން މިއައީ ކަލެޔާ ދެބަސްވެ ޒުވާބު ކުރާކަށް ނޫނެވެ.ކަލޭގެ ކަންތަކާމެދު ކަންބޮޑުވާތީ އެވެ.“
”ތިން ސަންދޯއްކައިރީ ހުރެ އަހަރެން ޚަބަރު ހުސްވާވަރަށް ރުއި އިރު ކަލޭމެން ކަންބޮޑެއް ނުވިއެވެ“ ސްޕީކަރު ޖައްސާލަމުން އަހަރެން ބުނީމެވެ.
”ތިހެން ނުބުނާށެވެ.އަހަރުމެން ތިބީ ޝޮކްގައެވެ.“ މަންމަބުންޏެވެ.
”ތިޔައީ ބޮޑު ދޮގެކެވެ. ކަލޭމެން ބުނީ ޖަނާޒާ އަށް އައުމަށް ވުރެ މެލިއްސާގެ ބާތުޑޭ ޕާޓީ މުހިންމު ކަމުގައެވެ.“ އަހަރެން ބުނީމެވެ.
އަހަރެންނަށް މިހާރު ވަނީ އާދަޔާ ޚިލާފް ހިމޭން ކަމެއް ވެރިވެފައެވެ.ރޮއިރޮއި ކަރުނަ ހުސްވީ ކަންނޭގެއެވެ.
އެވަގުތު އާންޓް ރުތު އާއި ވަކީލު އެކުއެކުގައި ކަހަލަ ގޮތަކަށް އައެވެ. ރުތު އައިގޮތަށް އައިސް އޭނަގެކޮއްކޮ،އަހަރެންގެ ބައްޕައާއި ދިމާލަށް ބުންޏެވެ.“މިތަނުން ދުރަށް ދާށެވެ.ކަލޭމެންގެ ބޭނުމެއް މިއަދު ކްލެޔާ އަކަށް ނެތެވެ.“
”މިއީ ފެމިލީ މައްސަލަ އެކެވެ.ދުރުގައި ހުންނާށެވެ.“ ބައްޕަ ބުންޏެވެ.
”އީތަންއާއި ދެކުދިން ވަޅުލަން ތޫފާނެއްގެ ތެރޭން 6 ގަޑިއިރު ދުއްވާފައި އަހަރެން އައިމެވެ.ކަލޭމެން ތިބީ ބާތުޑޭ ކޭކު ކާށެވެ.އެހެން ވީއިރު ފެމިލީ އަށް މިވެވުނީ ކާކަށް ހެއްޔެވެ.“އާންޓް ނަފްރަތުގެ ރާގެއްގައި ބުންޏެވެ.
އާންޓް މިހެންބުނުމުން ބައްޕަ ފަހަތަށް ޖެހިލީ ކޮންމެހެން އެކަމާ ދެރަވީތީ އެއްނޫނެވެ. ޖެހިގެން ހުރިގޭ މީހާ ނިކުމެ ހުރީމަ އޭނަޔަށް އިވުނީތީއެވެ.
”ކްލެޔާ އަހަރުން މިއައީ ލާރީގެ ވާހަކަ ދައްކާކަށްނޫނެވެ. ކެމެރާ އަށް މޫނު ކައިރި ކޮށްލަމުން ބައްޕަ ބުންޏެވެ.
”އެހެން ވިއްޔާ ފާއިތުވި ހަމަސްދުވަހު ނައީ ކީއްވެގެން ހެއްޔެވެ؟“ އަހަރެން ބުނީމެވެ.މިޔަށް ދޭނެ ޖަވާބެއް އެމީހުން ނަކަށް ނުހޯދުނެވެ.
އެވަގުތު ބައްޕައާއި މަންމަގެ ނަން ބުނުމަށް ފަހު ގާނޫނީ ވަކީލު ބުންޏެވެ.“ދައުވަތު ލިބިގެން މެނުވީ ތިޔައާއިލާގެ އެއްވެސް މީހަކު މިގެޔަށް އައުން މަނާކުރާ ލިއުމެއް ހަވާލު ކުރަމެވެ.“މިހެން ބުނެ ބައްޕަ އަތަށް ލިއުމެއް ދިނެވެ.
އެވަރުންވެސް ބައްޕަ ކުރިޔަށް ގެންދިޔައެވެ.“ކްލެޔާ އަކީ އަހަރެން ދަރިފުޅެވެ.“
”ކްލެޔާއަކީ 35 އަހަރުގެ ބޮޑު އަންހެނެކެވެ.އަދި އަދި އޭނާ ބޭނުންވާ ކަންކަމާ ބޭނުން ނުވާކަންކަން ކަނޑައެޅުގެ އިޚްތިޔާރު އޭނަޔަށް ލިބިގެން ވެއެވެ.“ ވަކީލު ބުންޏެވެ.“އޭނާ މިހާރުވަނީ އޭނާގެ އެއްވެސް މުދަލެއް ފައިސާއެއްވެސް ކަލޭމެން އެކަކަށްވެސް ނުލިބޭގޮތަ ހަދާފައެވެ. މިކަމަށް ބާރު ދިނުމުގެ ގޮތުން އޭނާވަނީ ކަލޭމެންގެ ކޯލް ލޮގްތަކާއި މެސެޖްތައްވެސް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.ޚާއްސަކޮށް މެލިއްސާގެ އުފަން ދުވަހު ތަހުނިޔާކިޔަން ކްލެޔާ ނުގުޅީމަ މެލިއްސާ ދެރަވިކަމަށް މަންމަ ބުނި މެސެޖެވެ.އެދުވަހު ކްލެޔާއިނީ ދެދަރިންނާއި ފިރިމީހާ މަރުވެގެން ފުން ހިތާމައިގައެވެ.“
އެވަގުތު މަންމަގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ.އަވަށްޓެރިން ބަލަން ފެށުމުން މަންމަ ބުންޏެވެ. ބޭރުގަ ތިބެ ވާހަކަ ނުދައްކާ ދޮރު ހުޅުވާލަބަލާށެވެ.“ އަހަރެން އެވަގުތު ދޮރު ހުޅުވީމެވެ.އަހަރެން ހުރި ގޮތް ފެނި އެމީހުންނަށް ހުއްޓުން އެރިއެވެ.
ފާއިތުވި ހައެއްކަ މަސްދުވަހު މިމަންޒަރު އަހަރެންގެ ހިތަށް އެތައްފަހަރަކު ގެނައިމެވެ. މިއިން ކޮންމެ ފަހަރަކުވެސް އަހަރެން ނަށް ފެނުނީ އަހަރެން ތުރުތުރު އަޅާތަނެވެ.ބާރަށް ރޮއިގަންނަތަނެވެ.އަދި އެމީހުންގެ އަތްމައްޗަށް ޚަބަރު ހުސްވެގެން ވެއްޓޭ ތަން ފެނުނެވެ.
ނަމަވެސް މިހާރު އަހަރެންނަށް އެއިން އެއްކަމެއްވެސް ނުވިއެވެ. އަހަރެންނަށް ފެނުނީ އަހަރެން މިއޮއްހުރިހާދުވަހު ދެކެމުން އައި ގޮތާޚިލާފަށް މާބަލި، ނިކަމެތި،ސައިޒުން ”ކުޑަ“ ބަޔެކެވެ.
”ކަލޭ ބޭނުން ވަނީ ކޮންކަމެއްހެއްޔެވެ“ އެންމެ ފަހުން ބައްޕަ ބުންޏެވެ.ހީވީ ހަމަ އިޚްލާސްތެރި ކަމާއި އެކު ބުނި އެއްޗެއް ހެންނެވެ.ގާތްގަޑަކަށެވެ.އެކަމަކު އެބުނުން އައިލެއް ހަމަސްދުވަސް ފަސްވީއެވެ.
”އަހަރެން ބޭނުންވީ ކަލޭމެން ޖަނާޒާއަށް އަންނާށެވެ.އަހަރެންގެ އަތުގައި ހިފައިގެން ކަލޭމެން ތިބެން ބޭނުންވިއެވެ.ލިލީ އާއި ނޮއާ އަދި އީތަން ވަޅަށް ތިރިކުރަމުން ދިޔަވަގުތު އަހަރެންގެ މަންމައާއި ބައްޕަ އަހަރެންގެ ކައިރީ ތިބެން އަހަރެން ހާދަ ބޭނުންވިއެވެ.“ އެވަގުތު މުޅި ހިސާބަށް އޮތީ ހިމޭންކަން ވެރިވެފައެވެ.ހަމަ އެކަނި އިވެނީ ގަސްތަކުން ހިކިފަތްތައް ވެއްޓި ޖެހޭ އަޑެވެ.އަހަރެންގެ ވާހަކަ ކުރިޔަށް ގެންދިޔައިމެވެ.
”މިހާރު އަހަރެން ބޭނުމީ ކަލޭމެން މިތަނުން ދިއުމެވެ.“
”ކަލޭ މިކަމާ ފަހުން ދެރަވާނެއެވެ.“ ދަތްކުނޑިވިކާލަމުން ބައްޕަ ބުންޏެވެ. ވަކީލު ކުއްލިއަކަށް ފޯނު ނެގުމަށްފަހު ބުންޏެވެ.ސާފުކޮށް އަޑުއިވޭވަރަށް ”އަދިއެއްފަހަރު ތިހެން ބުނާށެވެ.“ އެފަދަ އިބާރާތަކީ ބިރުދެއްކުންކަމަށް ކޯޓުގައި ބަލާނެތީ ވަކީލު ބޭނުންވީ އެއަޑު ރިކޯޑް ކުރާށެވެ.
ބައްޕަ ރުޅިއައިސް ލޯއަޅައިގަތުމަށްފަހު އަނބުރާލާފައިގޮސް ކާރަށް އެރިއެވެ.ބައްޕަ އެއްޗެކޭ ނުބުނެ ދިޔަނަމަވެސް މަންމަ ދިއުމުގެ ކުރިން އޯގާތެރިކަމުގެ ކޮންމެވެސް ބަހެއް ބުނެފާނެ ކަމަށް އަހަރެން ހީކުރީމެވެ.އެކަމަކު މަންމަވެސް އިސްކުރީ އެމީހުންގެ ކަންތަކެވެ.މެލިއްސާގެ ކައިވެނި އޮންނާނީ އެޕްރިލްގައި ކަމަށާ އަހަރެން އިތުރަށް ކަންތައް ގޯސް ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންނެވެ.
އަހަރުމެންގެ މެދުގައި އޮތް ގުޅުމެއްގެ ކުޑަކުޑަ ކަންފުޅުވެސް އެވަގުތު ބުރިވިލެއް ފަސޭހަކަމުން އަހަރެންނަށް އެކަން ފާހަގަވެސް ނުވިއެވެ.
އެމީހުން ދިއުމުން އަހަރެން ވިސްނާލިއިރު އަހަރެންގެ ނޭވާ އަވަހެއް ނުވެއެވެ.އެވަގުތު އަހަރެން އޯކޭތޯ އާންޓް ސުވާލު ކުރިއެވެ.އާނއެކޭ ބުނެ އަހަރެން ބޯޖަހާލީމެވެ. އަދި އަހަރެން އެންމެ ފަހުން ގައިދަކުން މިނިވަންވީ ކަމަށް އަހަރެން ބުނީމެވެ.
އަނެއް ދުވަހު އަހަރެން ސަހަރާއަށް ދިޔައިމެވެ.އަދި ތިން މަހާނަކައިރީ ވަރަށް ގިނަ އިރު އިނީމެވެ. ލިލީގެ މަހާނަމަތީ ލިލީމަލުގެ މާބޮޑިއެއް ބޭއްވީމެވެ.އަދި ނޮއާގެ މަހާނަމަތީ ކުޅޭ ކާރެއް ބޭއްވީމެވެ. އަދި މަންމަ ވަރަށް ބޮޑަށް އެމީހުން މިސްވާކަމަށް ބުނީމެވެ.
އީތަން އަބަދުވެސް ބުނާނެއެވެ.މަންމަމެން އަހަރެން ތަމްރީނު ކޮށްފައިވަނީ މެލިއްސާ ކުރާކަމަކުން އަހަރެންގެ ގައިން ލޭއޮހޮރޭހާލުގައި ތަޅުންގަނޑަށް ވެއްޓިފަ އޮތަސް އަހަރެން މައާފަށް އެދޭގޮތަށެވެ. އަހަރެން މަޑުމަޑުމުން ބުނީމެވެ.އީތަން އޭރު ބުނީ ވަރަށް ބޮޑު ތެދެކެވެ.އަދި އަހަރެން ހަމަ ޖެއްސި ހުރިހާކަމެއް ކިޔާދިނީމެވެ. ފައިސާ ހުރީ ޓްރަސްޓް ފަންޑަކަށް އަޅާފައި ކަމަށް ބުނީމެވެ.އެފަދަ އެކްސީޑެންޓް ތަކުން ހިތާމަ ލިބޭ، އަހަރެންފަދަ މީހުންނަށް އެހީވާނެ ކަމަށް ބުނީމެވެ…އީތަންގެ މަންމަ ކުޑަކޮން ބައެއްފަހަރު ހިނިތުން ވެލަން ފަށާފައިވާ ކަމަށް ބުނީމެވެ… ކޮންމެ މިނިޓެއްގައި ކޮންމެ ސިކުންތެއްގައި އެތިން މީހުން މިސްވާކަމަށް ބުނީމެވެ. މިއިން އެއްވެސް ވާހަކައަކަށްވެސް ޖަވާބެއްނުލިބެއެވެ.ޖަވާބެއް ނުލިބޭނެކަންވެސް އެނގެއެވެ….އިސްޖަހާލައިގެން އިނުމަށްފަހު އަހަރެން މަޑުމަޑުން ތެދުވެގެން ގޮސް ކާރަށް އެރީމެވެ.ދުނިޔޭގައި ތިބި މީހުން ގެ ދިރިއުޅުން ކުރިޔަށް ގެންދަން ޖެހޭތީއެވެ.
(ނިމުނީ)

Loading

Leave a Reply

ފަހުގެ އަޕްޑޭޓް