ބަހްރައިންގައިހުރި އެމެރިކާގެ މިލިޓަރީ ވަސީލަތްތަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް

Loading

Facebook
Twitter
WhatsApp

ފާއިތުވެގެން މިދާ ދުވަސްތަކުގައި ބަހްރައިންގައި ގާއިމްކޮށްފައިހުރި އެމެރިކާގެ ނޭވަލް ސަޕޯރޓް އެކްޓިވިޓީ ބޭސްއަށް އީރާނުން ދެމުންގެންދާ ހަމަލާތަކުން ލިބެމުންދާ ގެއްލުންތައް ވަރަށް ބޮޑުކަން ނޭވީންނާބެހޭ އެސިސްޓެންޓް ސެކްރެޓަރީ ހާމަކުރައްވައި އެމެރިކާއިން މެދުއިރުމަތީގައި ގެއްލުންތައް އަލުން މަރާމާތު ކުރެވިދާނެތޯ އެމެރިކާގެ ނޭވީން ބަލަން ފަށައިފިއެވެ.

ބަހްރައިންގައި ހުންނަ އެމެރިކާގެ 5 ވަނަ ފްލީޓްގެ ހެޑްކުއާރޓަރަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް މިދިޔަ ބުދަދުވަހު އިޕޯކް ޓައިމްސްއަށް އެމެރިކާގެ އެކްޓިންގ ސެކްރެޓަރީ އޮފް ސްޓޭޓް އޮފް ދަ ނޭވީ ހަންގް ކާއޮ ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވެއެވެ. މިއީ 6 މަސްދުވަހަށްވުރެން ދިގުލައި ދެމިގެން ގޮސްފައިވާ ހަނގުރާމައިގާ އެމެރިކާއަށް ލިބުނު ގެއްލުމުގެ ހިއްސާއެއް މިހާ ތަފްސީލުކޮށް އެމެރިކާގެ ކަމާބެހޭ އޮފިޝަލަކު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. އެކްޓިންގ ސެކްރެޓަރީ އޮފް ސްޓޭޓް އޮފް ދަ ނޭވީގެ ހާމަކުރުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ތައުރީފްކުރައްވާފައިވެއެވެ. މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތަކަށް އީރާނުން ދެމުންގެންދާ ހަމަލާތަކުގައި ހަލާކުވެގެންދާއިރު އެތަންތަން މަރާމާތުކޮށްގެން ބެލެހެއްޓިދާނެތޯ އެމެރިކާގެ އޮފިޝަލުންގެ މެދުގައި އެތައް ސުވާލެއް ވަނީ އުފެދިފައެވެ.
އީރާނުން ދިން ހަމަލާގައި 15 މިލިޓްރީ އެއާރކްރާފްޓް ހަލާކު ކޮށްލާފައިވާއިރު އޭ-10 މަރުކާގެ ތަންޑަރބޯލްޓް އެއްގެ އެއް ފިޔަގަނޑު ވަނީ ހަލާކުކޮށްލާފައެވެ. އޭގެ އިތުރުން އެފް-15 މަރުކާގެ 8 އެއާރކްރާފްޓަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށްވެސް ސީ ބީ އެސްގެ ޚަބަރުގައި ބުނެފައި ވެއެވެ. އީރާނުން ޖޯރޑްދްން އަށް ދިން ހަމަލާއަކީ ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދުން އީރާނުގެ 5 ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ދިން ހަމަލާގެ ބަދަލު ހިފުމެއް ކަމަށް ބުނެފައިވެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ މިހާތަނަށް އެމެރިކާ މިލިޓްރީގެ 42 އެއާރކްރާފްޓް އީރާނުގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިކަން ޔޫ އެސް އޭ ކޮންގްރެޝަލް ސަރވިސްގެ ރިޕޯރޓެއްގައި ހާމަކޮށްފައިވެއެވެ. ރަސްމީގޮތުން އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ މިހާތަނަށް އެމެރިކާ 18 ސިފައިން މަރުވެ 800 އަށް ވުރެން ގިނަ ސިފައިން ޒަޚަމްވެފައިވާކަންވެސް ހާމަކޮށްފައި ވެއެވެ.
ސްޓޭޓް އޮފް އާރޓް ދަރަޖައިގެ 3 އެންޓި ބެލިސްޓިކް މިސައިލް ބެޓްރީ ސިސްޓަމް ( ކޮންމެ އެއްޗެއް އެއް ބިލިއަން ޑޮލަރއަށްވުރެން އަގުބޮޑު ) ވެސް ވަނީ އީރާނުގެ ހަމަލާތަކުގައި ހަލާކު ކޮށްލާފައިކަން ހާމަ ވެއްޖެއެވެ.
އެންމެ ފަހުން އަންގާރަ ދުވަހުގެރޭ ޖޯރޑްންގައި ހުންނަ އެމެރިކާގެ އަލް އަޒްރަގް އެއާރބޭސް ނުވަތަ މުވައްފަގް ސަލްތި އެއާރބޭސް އަށް އީރާނުން ދިން ހަމަލާތަކުގައި ޔޫ އެސް މިލިޓްރީގެ ގިނަ އަދަދެއްގެ އެއާރކްރާފްޓް ތަކެއް ވަނީ ނައްތާލާފައެވެ. އަލްމުވައްފަގް ސަލްތީ އެއާރބޭސްގެ ނަން ނިސްބަތް ކުރެވިފައިވަނީ 1966 ވަނަ އަހަރު އިސްރާއީލާ ދެކޮޅަށް ޖޯރޑްން އިން ކުރި ހަނގުރާމައިގާ ޝަހީދުވެގެންދިޔަ ފައިޓަރ ޕައިލެޓް ލެފްޓިނެންޓް މުވައްފަގް ސަލްތީ އަށެވެ. 2 ރަންވޭ އެކުލެވިފައިވާ މި އެއާރބޭސްއަކީ އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާއަށް ވަރަށް ބޭނުންތެރި ތަނެއް ކަމުގައި ބުނެފައިވެއެވެ.
އީރާނުން ދީފައިވާ ގެއްލުންތަކާ ބެހޭހޮތުން ޕެންޓަގަނުން ވާހަކަ ދައްކަން ބޭނުން ނުވިޔަސް ތަފާތު ވަސީލަތްތަކާއި އަދި ގުޅުންހުރި އޮފިޝަލުންދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ވޯލްސްޓްރީޓް ޖާރނަލުންވެސް ވަނީ މީޑިއާތަކުގައި ދައުރުވަމުންދާ ގެއްލުންތަކަކީ ހަގީގަތެއްކަން ހާމަކޮށްފައެވެ. ބަހްރައިންގައި ހުންނަ އެމެރިކާގެ 5 ވަނަ ފްލީޓްގެ ހެޑްކުއާރޓަރަށް އީރާނުން ދީފައިވާ ގެއްލުންތަކުގެ ސަބަބުންކައިރި މުސްތަގްބަލެއްގައި އެތަނުން ޚިދުމަތްދޭން ނުފެށޭނެކަމަށްވެސް އެމެރިކާ ނޭވީގެ ޔުނިފޯރމް ލިބިފައިވާ އެންމެ ސީނިއަރ އޮފިޝަލް އެޑްމިރަލް ޑެރިލް ކްލައުޑްލް ބުނެފައިވެއެވެ. އީރާނުން ދިން ހަމަލާތަކުގައި ބަހްރައިންގައި ހުންނަ އެމެރިކާގެ 5 ވަނަ ފްލީޓުގެ ހެޑް ކުއާރޓަރ ބިމާހަމަކޮށްލުމާ ހަމަޔަށް އެމެރިކާގެ ނޭވަލް ފޯސްގެ ކޮމާންޑްސެންޓަރގެ މެދުއިރުމަތީގައި ހުންނަ މެއިން ލޮޖިސްޓިކް ހަބް އަކީ އެއީއެވެ.
ބަހްރައިގައި ހުންނަ ނޭވަލް ބޭސް އަށް ލިބިފައިވާ ގެއްލުންތަކާހުރެ ޔޫ އެސް އެސް އަބްރަހަމްލިންކަން އަށްވެސް ފުރިހަމައަށް ހަރަކާތްތެރި ނުވެވި ސަރަހައްދު ދޫކޮށް ދާންޖެހުނީކަމަށް ނޭވީންނާބެހޭ އެސިސްޓެންޓް ސެކްރެޓަރީ ހާމަކުރައްވާފައިވެއެވެ.
މެދު އިރުމަތީގެ 8 ގައުމެއްގައިހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް އީރާނުން ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައިވާއިރު މެދު އިރުމަތީގެ އެއްވެސް ގައުމެއްގައި އެމެރިކާއަށް ރައްކާތެރިކަމެއް ނެތްކަން އީރާނުގެ ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއި ވަނީ އިއުލާން ކުރައްވާފައެވެ.
ޔޫކްރެއިނާ ދެކޮޅަށް 4 އަހަރތުވަންދެން ހަނގުރާމަކޮށްގެން ރަޝިޔާއިން ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިއަށް ހަމައެކަނި 4 މަސްދުވަހުގެތެރޭގައި އީރާނުން ރަޝިޔާއަށް މަގުފަހިކޮށްދީފިކަމަށާއި އަދި އެމެރިކާގެ ހަތިޔާރު ގުދަނުގައި ޔޫކްރެން ދިފާއުކުރަން ދޭނެ އިތުރު މިސައިލެއްނެތްކަމަށްވެސް ބައެއް އެހެން މީޑިއާތަކުން މައުލޫމާތު ހާމަކުރަމުން އެބަ ގެންދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް