މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާ ދެމެދު ބަހުގެ ޚިދުމަތް މިއަދުން ފެށިގެން އަލުން ދޭންފަށައިފިއެވެ.
މާލެ އާއި އެއަރޕޯޓާއި ދެމެދު ބަހުގެ ޚިދުމަތް އަލުން ފަށައިފައިމިވަނީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެޅިފިޔަވަޅުތަކުގެ ތެރޭގައި މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދެމުން ބާއްވަމުންދިޔަ ބަހުގެ ޚިދުމަތް މެދުކެޑުމަށްފަހުއެވެ. އަލުން މި ޚިދުމަތް ފަށާފައިވަނީ ބައެއް ބަދަލުތައް ގެނައުމަށްފަހުއެވެ.
މޯލްޑިސްވްސް ޓްރާންޕޯޓްސް ލިމިޓެޑުން ހިންގާ ގްރޭޓަރ މާލޭ ޓްރާންޕޯޓް ލިންކު( ޖީއެމްޓީއެލް)ން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ބަހުގެ ޚިދުމަތް އަލުން ދޭންފަށާފައިވަނީ ކާނިވާސަރަހައްދުގެ ބަސް ސްޓޮޕް އިން މީހުން ބަހައް އަރާގޮތަށެވެ.
ޖީއެމްޓީއެލް އިން ބުނީ ކާނިވާ ސަރައްހައްދުން ބަހަށް މީހުން އަރާގޮތަށް ހަމަޖެއްސީ އެ ސަރަހައްދަކީ އާންމު ގޮތެއްގައި ބަހައް މީހުން އަރަން ޑިމާންޑް އެންމެ ބޮޑު ސަރައްދައް ވުމުންނެވެ.
ގަޑިއަކު އެއްދަތުރު ބާއްވާގޮތަށް ޝެޑިއުލްކޮށްފައިވާ މިދަތުރުތައް ގިނަކުރަން ނިންމާފައިވާނީ ޑިމާންޑަށް ބަލާފަކަމަށް ވެސް ޖީއެމްޓީއެލް އިން ބުނެއެވެ. މި ރޫޓުން ބަހުގެ ޚިދުމަތް ދޭން ހަމަޖައްސާފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ފަތިހު 5:30 ގައެވެ. ހުކުރު ދުވަހު ބަހުގެޚިދުމަތް ދޭން ފަށަން ހަމަޖައްސާފައިވަނީ ހެނދުނު 6:30 ގައެވެ.
މާލެ އާއި އެއާރޕޯޓާއި ދެމެދު ބަހުގެ ޚިދުމަތް ދިނުން ފަށާފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޗްޕީއޭއިން ހަދާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ.