ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން ޖަވާބު ދީފި

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން ޖަވާބު ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ އުދުވާނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް މަގުފަހިކުރުމަށްޓަކައި އެމެރިކާއިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން ވަނީރަސްމީކޮށް ޖަވާބު ހުށަހަޅާފައެވެ.

އާދީއްތަ ދުވަހު ”ތަސްނީމް“ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އެމެރިކާއިން ފޮނުވި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން މިހާރު ވަނީ ޖަވާބު ދީފައެވެ.
ނަމަވެސް، އީރާނުގެ ޖަވާބުގައި ހިމެނޭ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މި ހަނގުރާމަ ހުއްޓާލުމުގެ މައްސަލައަށް ކަމަށެވެ.
މީގެ ކުރިން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ”ޕްރެސް ޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުން މިހާރު އިސްކަންދޭގޮތް ވަރަށް ސާފު ކަމަށެވެ. މި ވަގުތު ނިންމާފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ހުރިހާ ސަމާލުކަމެއް ދޭން ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ މިއީ މުޅި ސަރަހައްދަށާއި، އީރާނަށް އަދި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެބްރުއަރީ 28ގައި އިޒްރޭލު ރުއްސުމަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެމެރިކާއިން ވަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް ހުށަހަޅާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް