އެއް ދުވަސް ތެރޭ 10,253 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

Loading

Facebook
Twitter
WhatsApp

އެއް ދުވަސް ތެރޭ 10,253 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ފެބްރުއަރީ 1 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ޖުމްލަ 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މިއީ މީގެ ކުރިން ރާއްޖޭގައި ގާއިމުކޮށްފައިވާ އެއް ދުވަހުގެ އެންމެ ގިނަ ފަތުރުވެރިންގެ ރެކޯޑު މުގުރާލި ފަހަރެކެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2024 ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 10,213 ފަތުރުވެރިންނެވެ.

މި އަހަރުގެ ޖެނުއަރީ މަހަކީވެސް ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ލިބުނު މަހަކަށް ވާއިރު، ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު މި ފެނުނު ތާރީޚީ ކުރިއެރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމުގެ ވަރުގަދަ ހެއްކެކެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ބާޒާރުގައި އިޝްތިހާރު ކުރުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މިއީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު އާ ރެކޯޑުތަކެއް ގާއިމުކުރުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް