ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް 6 އަހަރާ ގާތްކުރާ މުއްދަތަކަށް ޖަލަށްލައިފި

Loading

Facebook
Twitter
WhatsApp
Saudi women's rights activist Loujain al-Hathloul is seen in this undated handout picture. Marieke Wijntjes/Handout via REUTERS

އިދިކޮޅު ގްރޫޕަކުން ހާމަކުރިގޮތުގައި, ހޯމަދުވަހު ސައޫދީގެ ކޯޓަކުން އަންހެން އެކްޓިވިސްޓެއް ކަމަށްވާ ލުޖައިން އަލްހަތުލޫލް 5 އަހަރާއި 8 މަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. 

2018 ވަނަ އަހަރު މޭމަހު އަލް ހަތުލޫލްއާއި އިތުރު އަންހެން އެކްޓިވިސްޓުންތަކެއް ހައްޔަރުކުރީ, ރަސްކަމުގެ ކަންކަމަށް ގެއްލުންދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. 

ސައޫދީ މީޑިއާއިން ހާމަކުރިގޮތުގައި އަންހެން އެކްޓިވިސްޓުންނަށް ދައުވާކުރީ ސަޢޫދީގެ ސިޔާސީ ނިޒާމް ބަދަލުކުރަން އުޅުމުގެ ކުށަށާއި ގައުމީ ސަލާމަތަށް ނުރައްކާކުރި ކުށަށެވެ. 

ސައުދީ ސަރުކާރުން, ގައުމު ތަރައްގީކޮށް, ހުޅަގުގެ ޘަގާފަތުތަކާއޮި އެއްގޮތަށް ބަދަލުވަމުންދާކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް, ސައޫދީ ސަރުކާރުން އަންހެނުންނަށް ލިބެންޖެހޭ އެންމެ އާދައިގެ ހައްގުތައް ފޯރުކޮށްދޭ ގާނޫނުތަކަށް ބަދަލު ގެންނާކަށް ބޭނުމެއްނުވެއެވެ. މިފަދަ ކަންތައްތަކުގެ ތެރޭގައި އަންހެނުން ކާރު ދުއްވުން, ސިޔާރީ ހައްގުތަކުގެ ހަމަހަމަކަން, ވަޒީފާގެ ފުރުސަތާއި, އޭޝިއާގެ ގިނަ މުސްލިމު ގައުމުތަކުގައި އަންހެނުނަށް ދީފައިވާ މިނިވަންކަމުގެ ހައްގުތައް ހިމެނެއެވެ.

މިދިޔަ ހަފްތާގައި ސަޢޫދީގެ ސަބްގު ނޫހުން ބުނެފައިވާގޮތުގައި , ޖަލުގައި އެކްޓިވިސްޓަކަށް ކުރިމަތިވި އަނިޔާއާއި ޖިންސީ ފުރައްސާރަކުރުމުގެ ޝަކުވާ ކޯޓުންވަނީ ބަލައިނުގަނެފައެވެ. ސައޫދީ ސަރުކާރަށް ތާއީދު ނުކުރާ އަންހެނުންގެ އިންސާނީ ހައްގުތަކަކީ ވާއެއްޗެއްކަމުގައި  ނުބަލައެވެ.

Loading

One Response

  1. ސައުދީން ވީމާ އޯކޭ ވާނެ. އީރާނުން ނޫނީ ތުރުކީންނަމަ ވަރަށް ގޯސްވާނެ. ތި ސައުދީ ވެރިން އެއީ ކަޝޯގީ ގަސްކަނޑާ ކީހަކުން އެމީހުންގެ ތުރުކީ އެމްބަސީގައި ކޮށާލައިފާ އެސިޑަށް އަޅާ ސަފީރުގެ ގޭގައި ފާޚާނަ ހޮޅިއަށް ދުއްވާލި ހަރާމީން ތަކެއްނޫންތޯއެވެ. ސައުދީ ތިއީ އިސްލާމީ ދުނިޔެއަށް މިއަދު އޮތް ބޮޑު ލަދުވެތިކަމެއް. އެޖެންޓުން ޓުރެއިންކޮށް ވައްހާބިޒަމް ފަތުރަން ކުރި މަސައްކަތް މުޅި ދުނިޔޭގެ ޓެރަރިޒަމަށް ބަދަލުވެ އިސްލާމުންނަކީ ދުނިޔޭގެ ބޮޑު ޓެރެރިސްޓުކަމުގައި މިވެފައިވަނީވެސް ތި ސަޢުދުމެންގެ ބަލާވެރިކަމާހެދިނޫންތޯއެވެ. ދިވެހިރާއްޖޭގައިވެސް ތިވެރިންގެ ޕޭރޯލުގައި އެތަކެއް ބަޔަކު އެބަތިބިކަމަށްވޭ! ސަހަރޯ ހީވާވަރުވޭ !

Leave a Reply to މުންޝިދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް