ނޮވެމްބަރ 4ގައި އެމެރިކާގައި ބޭއްވުނު ގަވަރނަރުން އިންތިޚާބުގައި ކުރި ހޯއްދެވި ބޭފުޅުންގެ ޚުލާސާއެއް

Loading

Facebook
Twitter
WhatsApp


2025 ނޮވެމެބަރ 4 ވަނަދުވަހު އެމެރިކާގައި ބޭއްވުނު ގަވަރނަރުން ނުވަތަ މޭޔަރުންގެ އިންތިޚާބު ކުރުން ބޭއްވުމުގެ މާކުރިއްސުރެންވެސް މީޑިއާތަކުން ފަލަ ސުރުޚީއެއް ހޯދަމުން ދިޔައެވެ. ފާއިތުވެގެންދިޔަ ޒަމާންތަކުގައި މޭޔަރ ނުވަތަ ގަވަރނަރ ގެ މަގާމު މިލިއަނަރުންގެ އަތްމަތީގައި އޮތް ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ މުއްސަނދިންގެ ޝަހަރު ކަމުގައިވާ ނިއުޔޯރކް ސިޓީގެ ގަވަރނަރ ކަމަށް އޭޝިއާއަށް ނިސްބަތްވާ ބޭފުޅަކު ކުރިމަތި ލައްވަން ކެރުން ވެގެންދިޔައީ ނިއު ޔޯރކް ސިޓީގެ ރައްޔިތުންނަށްވެސް ހައިރާން ކަމެއް ލިބިގެން ދިޔަ ޚަބަރެއް ކަމުގައެވެ.

އަދި އެ އިންތިޚާބު އެބޭފުޅާ ކާމިޔާބު ކުރެއްވުން އަދި މާބޮޑު ހައިރާންކަމަކަށް ވެގެންދިޔައެވެ.
ކޮންމެއަކަސް ޒަމާނުގެ ސިޔާސަތު ވާނުވާ ނޭންގޭ ގޮތެއްގައި އެނބުރެމުންދާއިރު އަޅުގަނޑުމެންގެ ހާލަތު ދިރާސާ ކުރައްވާ ބޭފުޅުން މި ހުރިހާ މަންޒަރުތަކެއް ބައްލަވާނެކަން ކަށަވަރެވެ. އަޅުގަނޑުމެންގެ މާޒީގައި ގަވަރނަރުން ނުވަތަ އަތޮޅުވެރިން އައްޔަންކުރުމަކީ ސަރުކާރުން ރުހި ވަޑައިގަންނަވާ ބޭފުޅުންނަށް ވެދުމަކަށް އަރުވަމުން ދިޔަ މަގާމަކަށް ވެފާއޮތް ދުވަސްވަރަކާއި އަދި އަތޮޅުގެ ރައްޔިތުން އިންތިޚާބު ކުރަން ޖެހިވަޑައިގަންނަވާ މަގާމެއްގެ ގޮތުގައި އޮތް ޒަމާނަކާއި އަނެއްކާވެސް ކުރީ އޮތްގޮތަށް ވެދުމަކަށް އަރުވާގޮތަށް ބަދަލުވި ޒަމާނެއް ވަނީ ދެކިފައެވެ.
އަޅުގަޑުމެންގެ ދިވެހިރާއްޖޭގައި މިހާރު އަމަލުކުރެވޭ ގާނޫނަކީ އަސާސީ އަކީ ބުނެވޭގޮތުގައި އެމެރިކާގެ ފެންވަރުގައި ތިން ހަތަރު ލައްކައެއްހާ މީހުންގެ މައްޗަށް ތަންފީޒުކުރަން އެކުލަވާ ލެވިފައިވާ ގާނޫނު އަސާސީއެކޭ ބުނެވެއެވެ. ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ބައެއް ސިޔާސީ ބޭފުޅުން މަގާމަކަށް އިންތިޚާބު ކުރެވުމުން ނުވަތަ މަގާމަކަށް އައްޔަން ކުރެވުމުން ސައިޒް އޮޅިވަޑައިގަންނަވާތަން ފެނެއެވެ. އަމިއްލައަށް ބައްލަވާ ލެއްވުމުން ބައެއް ބޭފުޅުންނަށް ފެނިވަޑައި ގަންނަވަނީ އެކް އެކްސް އެލް ސައިޒްގައި ކަމަށާއި ރައްޔިތުންގެ ޚާދިމެއްގެ ބަދަލުގައި ރައްޔިތުން ލައްވާ ކުރުނީސް ކުރުވުމުގެ ވިސްނުން ގެންގުޅުއްވާކަހަލައެވެ.
2025 ނޮވެމްބަރ 4 ވަނަ ދުވަހު އެމެރިކާގެ އެކި ސަރަހައްދުތަކުގެ ގަވަރނަރުން ނުވަތަ މޭޔަރުން އިންތިޚާބު ކުރުމަށް ބޭއްވުނު ވޯޓުލުން މާޒީގެތެރެއަށް ވަދެގެން އެދިޔައީ މުސްތަގްބަލަށް ބޮޑެތި ފިލާވަޅުތަކެއް ދީފައެވެ. ނިއު ޔޯރކް އާއި ނިއު ޖަރސީ އަދި ވަރޖީނިއާއާއި އަދި މިޝިގަންގެ އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން ހިމެނިވަޑައިގެންނެވީ އިދިކޮޅު ކޮންގްރެސް އަށެވެ. ރިޕަބްލިކަން ސަރުކާރުގެ ނުފޫޒު ފުނޑާލާފައެވެ. ނިއު ޔޯރކް ފިޔަވައި ނިއު ޖަރސީ އަދި ވަރޖީނިއާ އާއި މިޝިގަންގެ އިންތިޚާބު ޚާއްސަގޮތެއްގައި ފާހަގަވެގެން ދިޔައީ އަންހެން ބޭފުޅުން ކާމިޔާބު ކުރައްވާފައިވާތީއެވެ.
އަބިގައިލް ސްޕޭންބަރގަރ އަކީ ކުރީގެ ސީ އައި އޭ އޮފިސަރެކެވެ. އެކަމަނާ ކޮންގްރެސްއަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވިފައިވަނީ އެތައް ޒަމާނަކަށް ރިޕަބްލިކަނުން ކޮންޓްރޯލްކުރި ގޮނޑި ޑިމޮކްރެޓުންނަށް ކާމިޔާބުކުރެއްވުމާއެކު 2018 ގައެވެ. ލެފްޓިނެންޓް ގަވަރނަރ ވިންސަމް އާރލް ސިއަރ ބަލިކުރައްވައި އެކަމަނާ ވެގެންމިދިޔައީ ވަރޖީނިއާގެ އެންމެ ފުރަތަމަ އަންހެން ގަވަރނަރ ކަމުގައެވެ. ލެފްޓިނެންޓް ގަވަރނަރ ވިންސަމް އާރލް ސިއަރއަށް އިންތިޚާބު ކާމިޔާބު ކުރެވުނުނަމައެކަމަނާ ވެގެން ދާނީ އެމެރިކާގެ ތާރީޚުގައި މޭޔަރ ނުވަތަ ގަވަރނަރ ކަން ލިބިވަޑައި ގެންނެވި އެންމެ ފުރަތަނަ ކަޅު ނަސްލުގެ އަންހެނާ ކަމުގައެވެ.
މިކީ ޝެރިލް އަކީ އެމެރިކާ ނޭވީންގެ ކުރީގެ ހެލިކޮޕްޓަރ ޕައިލެޓެކެވެ. އެކަމަނާ ވެގެން މިދިޔައީ ޑިމޮކްރެޓުންނަށް ނިސްބަތްކުރެވޭ ނިއުޖަރސީގެ އެންމެފުރަތަމަ އަންހެން ގަވަރނަރ ކަމުގައެވެ. މީގެ ކުރިން ރިޕަބްލިކަންގެ ކްރިސްޓިން ޓޮޑް ވައިޓްމަން ވަނީ 1993 ގައި ނިއުޖަރސީގެ ގަވަރނަރ ކަމަށް އިންތިޚާބު ކުރެވިފައެވެ. އެފަހަރު އެކަމަނާ ކާމިޔާބު ކުރައވާފައިވަނީ އިދިކޮޅު ޖެކް ޗިއާޓަރެލީ ފަހަތަށް ޖައްސަވާފައެވެ.
ގަޒާލާ ހާޝިމީ އަކީ އެކަމަނާގެ ތުއްޕުޅު އުމުރުފުޅުގައި އިންޑިއާއިންއައިސް އެމެރިކާގައި ވަޒަންވެރި ވެފައިވާ އާއިލާއެއްގެ ބޭފުޅެކެވެ. އެކަމަނާ ވެގެން މިދިޔައީ އެންމެ ފުރަތަމަ އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ބޭއްވުނު ވަރޖީނިއާގެ ލެފްޓީނެންޓް ގަވަރނަރކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި މުސްލިމް އަންހެން ބޭފުޅާކަމުގައެވެ. އަދި ތާރީޚުގެތެރެއަށް އެކަމަނާޚާއްސަ ވެގެން ގޮސްފައިވަނީ އެމެރިކާގެ ސްޓޭޓް ސެނެޓްއަށް އިންތިޚާބުކުރެވުނު ދެކުނު އޭޝިއާއަށް ނިސްބަތްކުރެވޭ އެންމެ ފުރަތަމަ އަންހެން ބޭފުޅާކަމުގައެވެ.
ޒަހްރާން މަމްދާނީ އަކީ ޑިމޮކްރެޓީކް ސޯޝަލިސްޓް ވިސްނުމެއް ގެންގުޅުއްވާއުމުރުފުޅުން 34 އަހަރުގެ އެސެމްބްލީމަން އެކެވެ. އެ ބޭފުޅާ ތާރީޚުގެ ތެރެއަށް ވަދެގެން އެ ދިޔައީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދިކަމަށް ފާހަގަކުރެވިފައިވާ އެމެރިކާގެ އެންމެ ބިޔަ ޝަހަރަށް އިންތިޚާބުކުރެވުނު އެންމެ ފުރަތަމަ މުސްލިމް އަދި ދެކުނު އޭޝިއާއަށް ނިސްބަތްކުރެވޭ ގަވަރނަރ ކަމުގައެވެ. އެ ބޭފުޅާގެ އިންތިޚާބީ ކެމްޕޭންތަކުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިސްރާއީލް ސަރުކާރަށް ފާޑުކިޔަމުން ގެންދެވިއެވެ. ނިއު ޔޯރކް ޝަހަރުގައި ވަރަށްގިނަ ޔަހޫދީ މަޒްހަބުގެ މުއްސަނދިން ދިރިއުޅެމުން ގެންދެއެވެ. އަދި އެޝަހަރުގައި ބައެއް ހަރުކަށި ފިކުރުގެ ހިންދީ މަޒްހަބުގެ ޖަމާއަތްތައްވެސް ދިރިއުޅެމުން ގެންދެއެވެ. މީގެ ތެރެއިން އެއްބަޔަކު މަމްދާނީއާ ދެކޮޅު ވިސްނުން ގެންގުޅުނު ނަމަވެސް އޭގެ ސަބަބުން އިންތީޚާބު ކާމިޔާބު ކުރެއްވުމަށް ހުރަސް އެޅުނު ކަމަކަށް ނުވިއެވެ. ޒަހްރާން މަމްދާނީ ވެގެންމިދިޔައީ އެ ޝަހަރުގެ އެންމެ ޒުވާން ގަވަރނަރ ކަމުގައެވެ. މި އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު މަމްދާނީ ވެގެންދާނީ އެމެރިކާގެ ތާރީޚުގައި މި އަންނަ އަހަރު ޖެނުއަރީ 1 އިން ފެށިގެން އެ ގައުމުގެ އެންމެ އިސް މަގާގެއް ފުރުއްވާ ފުރަތަމަ މުސްލިމް ކަމުގައެވެ. މަމްދާނީގެ އިންތިޚާބި ހަފުލާގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވާ ދެ ތިން ޖުމުލައަކަށް ބައިނަލް އަގްވާމީ މީޑިއާގެ ސަމާލުކަން ވަނީ ލިބިފައެވެ. އެ ބޭފުޅާ ވިދާޅުވެފައި ވެއެވެ. “ އާންމު އުސޫލުތަކަށް ބަލާއިރު މިފަދަ މަގާމަކަށް އަހަރެން މާ ޒުވާނެވެ. އަދި އަހަރެންނަކީ މުސްލިމަކީމެވެ. ހަމަ އެއާއެކު އަހަރެންގެ ވިސްނުމަކީ ސޯޝަލިސްޓް ޑިމޮކްރެސީއެވެ. މިއިން އެއްވެސް ކަމަށް އަހަރެން މާފު އެދޭކަށް ބޭނުމެއް ނުވެއެވެ. ދެން ވިދާޅުވިއެވެ. ނިއު ޔޯރކް އަކީ އެހެން ގައުމުތަކުން އައިސް ވަޒަންވެރިވެފައިވާ މީހުން އިމާރާތްކޮށްފައިވާ ޝަހަރެކެވެ. އެ ޝަހަރުގެ ގަދަފަދަ ބާރެއްގެ ގޮތުގައި އެ ބައިމީހުން ދެމި ތިބޭނެއެވެ. އަދި މިއަދަށްފަހު މި ޝަހަރުގެ ވެރިއަކަށް ހުންނާނީވެސް އެބައިމީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ”
2001 ސެޕްޓެމްބަރ 11 ވަނަދުވަހު ނިއު ޔޯރކް ސިތީގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރ ގޮއްވާލުމާގުޅިގެން މިހާތަނަށްވެސް ޚާއްސަކޮށް އެ ޝަހަރުގެ ރައްޔިތުން މުސްލިމުންނާ ދޭތެރޭ ޝައްކުގެ ނަޒަރަކުން ބަލަމުން ގެންދާކަމަށް ވެއެވެ. އެހެންނަމަވެސް ނޮވެމްބަރ 4 ވަނަ ދުވަހު އިންތިޚާބު ހިނގަމުން ދިޔައިރު މެންދުރު ފަހަށް އެޅިގެން ދިޔައިރުވެސް އެ ޝަހަރުގައި ދިރިއުޅޭ 2 މިލިއަން މީހުންގެ ތެރެއިން އެއް މިލިއަނަށްވުރެން ގިނަމީހުން ޒަހްރާން މަމްދާނީ އިޚްތިޔާރު ކޮށްފިއެވެ. މީޑިއާތަކުން ބުނެފައިވާގޮތުގައި އެއީ ފާއިތުވެގެން މިދާ 50 އަހަރު ދުވަހުގެ ރެކޯރޑެކެވެ.
މޭރީ ޝެފީލްޑް ހުންނެވީ ޑެޓްރޮއިޓް ސިޓީ ކައުންސިލްގެ ރައީސްގެ މަގާމުގައެވެ. އެކަމަނާ ވެގެން މިދިޔައީ އެ ސިޓީގެ އެންމެ ފުރަތަމަ އަންހެން ގަވަރނަރ ކަމުގައެވެ. އެ ކަމަނާއަކީ ކަޅުމީހުންގެ ނަސްލަށް ނިސްބަތްކުރެވޭ ކަނބަލެކެވެ. އެ ކަމަނާ އިންތިޚާބުގައި ވާދަކުރައްވަން ފުރުސަތ ލިބިވަޑައިގަތީ އޭގެކުރިން 3 ދައުރު އެ މަގާމުގައި ހުންނެވި މައިކް ޑުގަން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާ ގުޅިގެންނެވެ.
އިއްތިފާގުން 2025 ނޮވެމްބަރ 5 ވަނަ ދުވަހުގެ ރޭ ޒަހަރާން މަމްދާނީގެ އިންތިޚާބީ ހަފުލާ ބޭއްވިގެންދާއިރު ދުވަހުގެ އިރު އޮއްސުމާއެކު މިއަހަރުގެ ސުޕަރ މޫން ދުނިޔެއަށް ދައްކާލާނެއެވެ. މިރޭގެ ހަނދުގެ ސައިޒް ހުންނާނީ އާންމުކޮށް ފެންނަ ފުލްމޫންގެ ސައިޒަށްވުރެން %14 ބޮޑުކޮށް އަދި %30 އަލިގަދަ ކޮށެވެ. ހަނދުގެ ސައިޒާއި އަލިކަން އެންމެ ބޮޑުވެގެންދާނީ ރޭގަނޑު 8 ޖާހާއިރުގައި ކަމަށާއި އުތުރު އެމެރިކާގެ ގައުމުތަކަށާއި ޔޫރަޕްގެ ގައުމުތަކާއި އަދި އޭޝިއާގެ ބައެއް ގައުމުތަކަށް މި ހަނދު ފެންނާނެކަމަށް ނާސާއިން ބުނެފައި ވެއެވެ.

Loading

One Response

  1. އެމެރިކާ ބަދަލުވެއްޖެއެވެ. އެހެނީ އޭޕެކް އާއި ޒައަނިޒަމް އަށް ނޫނެކޭ ބުނެފިމީހަކު ސިޔާސީގޮތުން އެމެރިކާގައި ކުރިހޯދިފައެއެ ނެތެވެ. ކެނެޑީވެސް މަރާލީ ޒައަނިޒަމްއަށް ނޫނެކޭ ބުނީތީއެވެ. ޖެން-ޒީ އިން ކުރީގައި އެ ގެންގުޅުނު ރިޝްވަތުގެ ސިޔާސަތު އެ ބަދަލު ކޮށްލުވީއެވެ. މަރުޙަބާ!

Leave a Reply to ހައިދަރުބެ Cancel reply

ފަހުގެ އަޕްޑޭޓް