މާލޭގެ ގެއެއްގެ ވައި ގޮޅިއަކުން ވެއްޓުނު ބިދޭސީއަކު ނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ވައި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު އިރުއޮއްސި 6:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގައި ވައި ގޮޅިން ވެއްޓި މަރުވި މީހާ އަކީ އުމުރުން 47 އަހަރުގެ ބަންގްލާދޭޝް މީހެއް ކަމަށެވެ.
އެގޮތުން އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
![]()

One Response
ވައިގޮޅިއަކަށްތޯ؟ ނުވަތަ ވައިގޮޅިއަކުންތޯ؟