ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ ސަބަބު ހޯދަން މިނިސްޓަރާ ސުވާލުކުރަނީ

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި އަލުން ފަށަން ހަމަޖެއްސި، ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ ސަބަބު ހޯދަން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

އެގޮތުން އެކަމާ ގުޅިގެން މާދަމާގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
މެންބަރު މިނިސްޓަރާ ސުވާލުކުރަން ހަމަޖެހިފައިވަނީ މިދިޔަ މާޗު މަހު ރާއްޖޭގައި ހިދުމަތްދޭން ފަށާނެ ކަމަށް ބުނި ހެލިކޮޕްޓަރުގެ ހިދުމަތް މިހާތަނަށް ނުފެށި ލަސްވާ ސަބަބަކީ ކޮބައިތޯ ސާފުކުރުމަށެވެ.

ހަމައެހެންމެ އެ ހިދުމަތް ފެށޭނެ ކަމަށް މިހާރު ބެލެވޭ މުއްދަތަކީ ކޮބައިތޯ އާއި އެ ހިދުމަތްދޭން ހަވާލުކޮށްފައިވާނަމަ އެ ކުންފުނިން އަދިވެސް ހުރީ އެ ހިދުމަތް ފަށާ ގޮތަށްތޯވެސް މެންބަރު މުހައްމަދު އިބްރާހިމް ސުވާލުކުރަން ވަނީ ހަމަޖެހިފައެވެ.

Loading

One Response

Leave a Reply to Hussain Soba Cancel reply

ފަހުގެ އަޕްޑޭޓް