އެމްޑީޕީގެ މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށްފި

Loading

Facebook
Twitter
WhatsApp

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

އެމްޑީޕީގެ އެ މުޒާހަރާ ފަށާފައި ވަނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

ދިވެހި ފުލުހުން ޚިދުމަތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދާ އެއްވުމުގައި ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން އެގޮތަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދީފައިވާ ކަމަށެވެ.

އެހެންނަމަވެސް އެކަމަށް އިޖާބަ ނުދީ އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިގޮތުން އެ ބަޔާނުގައި ފުލުހުން ވަނީ މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން ހާމަކޮށް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް ނަޞޭހަތްތެރިވެފައެވެ.

Loading

2 Responses

  1. Bodetheen muzahara fashaafai bachaany rayyithu meeha magu mathikohfai jaluge theyri thaku thereygai anbi dhareena aailaa bika vefai mee hithi ehenas hageegaiy

  2. ހަމަ އަބަދުވެސް ތަޅާފޯސް އެމީހުންގެ މަސައްކަތް ހަމަ އޭރަކު ހުންނަވެރިޔަކު ބޭނުންވާގޮތަކަށް ގެންދެއެވެ. ވަކި ވެރިޔެއްނޫނެވެ. ގާނޫނާ ގަވައިދަކީ އެއިރެއްގައި ހުންނެވި ރައީސް އެކެވެ. ރައްޔަތުންނާއި އަދި ރައްޔަތުން ހޮވާ ޚާދިމުކަލޭގެ (ރައީސް) ދެފަރާތުންވެސް ގާނޫނަށް ހަމަ އެއްވަރަކަށް ރެސްޕެކްޓް ކުރަންވާނެއެވެ. އެހެން ޖަވާބުދާރީ ނުކުރެވޭހާ ހިނދަކު މި ކޯޅުންގަނޑެއް ނުނިމޭނެއެވެ. މިހާރު މި އޮންނަގޮތުން ހެދުނުވަރަކަށް ދޮގުހަދައިގެންވެސް ރައިސްކަން ހޯދުމަށްފަހު ދެން އޭނާ ބޭނުންހާ ސަކަރާތެއްޖަހައި އަދި ބޮޑުތަނުން ޚިޔާނާތެރިވީމާވެސް ވާކަމެއް ޙަރާމެވެ. ވީމާ ތަޅާފޯސް ޒިންމާދާރު ކުރެވޭނެ ގޮތެއްވެސް ނެތެވެ. އެމީހުންވެސް އެމީހުންގެ ވަޒީފާ ބޭނުމެވެ. އެހެނީ އަނބިދަރީން ކައިބޯއިގެން އުޅެން ޖެހޭނެތާއެވެ!

Leave a Reply to Kiyuntheriya Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް