ފަރުވާ ދެނިކޮށް ޑޮކްޓަރަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މާރާމާރީއެއްގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް, ޑޮކްޓަރަށް މަރުގެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހު ހައްޔަރު ކުރީ, ގދ. ވާދޫ/ ފުރުސަތު, ލޫތު އިބްރާހީމް, 28އ ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ފަތިހު ހިނގި މާރާމާރީއެއްގައި ލިބުނު އަނިޔާތަކަކާ ގުޅިގެން އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ޖީބުން ވަޅިއެއް ފެނިފައިވާއިރު އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް އޭނާ ވަނީ މަރުގެ އިންޒާރުދީ ބިރު ދައްކާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް, ހޮނިހިރު ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ

Loading

2 Responses

  1. ކުރީގައަޑުއަހަން ވާދޫމީހުންނަކީ ޥަރަށްތައުލީމީ ދީންވެރި އަޚުލާގު ރަގަޅު ވަރަށްއޯގާތެރިބައެއް އުޅޭރަށެއްކަމައް ނަމަވެސް މިހާރުއެރަށަކީ އެއަތޮޅުގަ އޮތްއެންމެ އަޚުލާގުނުބައި ޭންމެވިޔާނުދާރަށައް ވެއްޖެ ޥައްކަންކުރުން ޢިންތިހާއަށްއަރާ‘ މަސްތުވާތަޖެތި ބޭނުންކުރުން އިންތިހާއައްއަރާ މާރާނާރީ ކަންތައްވެސް ފަށައިފިކަމަށް ޚަބަރުލިބެނީ އަނެއްކާ ސިހުރުހެދުން އިންތިހާޔަށްއަރާއޮތްރަށެއްމީރުއެއީ

Leave a Reply to މަރުޒޫގު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް