ޒާތީ ތަޢައްޞަބުން ދުރުވެ، ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް މިއަދު މި ވަނީ ބޭނުންވެފައި: މިނިސްޓަރު

Loading

Facebook
Twitter
WhatsApp
މިނިސްޓަރު އާދަމް ޝަރީފް އުމަރު

ޒާތީ ތަޢައްޞަބުން ދުރުވެ، ފިތުނަވެރިކަން އެއްކިބާކޮށް ޒިންމާދާރު ނޫސްވެރިކަމަކަށް މިއަދު ބޭނުންވެފައިވާ ކަަމަށް މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ރަށްރަށަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުޅުއްވަނީ ވަރަށް ސާދާކޮށް ކަމަށާއި މަގުމަތިން ހިންގަވާފައި ވަޑައިގަންނަވާއިރު ދިމާވާ އެކިއުމުރުފުރައިގެ މީހުންނާއި ކުޑަކުދިންނާ ބައްދަލު ކުރައްވައި، ސަލާންގަލާން ކުރައްވައި، ހާލުއަހުވާލު އައްސަވާ ކަމަށެވެ.

”އެއީ، ރާއްޖޭގެ ގިނަ ބަޔަކު ވަރަށް އުފާވާ އަދި މަދުން ނޫނީ ނުފެންނަ ސިފައެއް. އެކަމަކު މަގުމަތިން ރައީސުލްޖުމްހޫރިއްޔާއަށް ގަނާކޮށް، ފުރައްސާރަކޮށް، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާގޮތަށް، ބަޔަކު މަގުމަތިން ރައީސުލްޖުމްހޫރިއްޔާއާ ދިމާކުރި މަންޒަރު އިއްޔެ ފެނިއްޖެ“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވާ ނޫސްވެރިކަމުގެ ތަޞައްވުރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހިފައިވާ މަސައްކަތްތައް މަދު ނޫން ކަމަށެވެ. އަދި ބަދަލު ހިފުމާއި ޒާތީ ތަޢައްޞަބުން ދުރުހެލިވެ، ފަސާދައާއި ފިތުނަވެރިކަން އެއްކިބާކޮށް، ޒިންމާދާރު ނޫސްވެރިކަމަކަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ޝަރުޢީ ނިޒާމު ޖަވާބުދާރީ ކުރުވަން އޮތް ބާރަކީ ވީދެމުންދާ އިޖުތިމާޢި ފޭރާން ހަފުސްކުރާ ބަޔަކަށް ވެއްޖެނަމަ ޤައުމުގެ ކުރިމަގު އުޖާލާ ނުވާނެ ކަމަށާއު މި ޤައުމަށް ސަހަރޯވެރިވެ، ޤައުމު ހަމަ މަގަަށް އަޅުވަން ތިބޭނީ ދިވެހި ރައްޔިތުން ކަމަށެވެ.

Loading

3 Responses

  1. ވެރިކަމަށް އަންނަން ވެގެން ކުރިދަތުރުގައި ވީވައުދާއި އަހުދުގެ މަތިން ހަދާން ނެތުނީމާ ދެންކުރިމަތި ލާން ޖެހޭނީފިތުނާއި ފަސާދާއި ކޮރަޕް ޝަނާއި ވަށްކަމާއި

Leave a Reply to Ibbe Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް