ރިޓަޔަރކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ، އަދި މަހަކު 70،000 ރުފިޔާ ލިބިދޭގޮތަށް އިސްލާހެއް

Loading

June 15, 2025
profile
Facebook
Twitter
WhatsApp

ރިޓަޔަރކުރައްވާ އުއްތަމަ ފަނޑިޔާރަށް ގަނޑުކޮށް 5 ލައްކަ ރުފިޔާ، އަދި މަހަކު 70،000 ރުފިޔާގެ އެލަވަންސެއް ލިބިދޭގޮތަށް ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވައިދު އިސްލާހުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރަށް ވަކި ޚާއްޞަ ޢިނާޔަތެއް ދޭންޖެހޭގޮތަށް، ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވައިދުގައި މިހާރު ކަނޑައަޅާފައެއް ނޯވެއެވެ.

ނަމަވެސް، އުމުރުން 55 އަހަރު ވުމުން އަމިއްލައަށް ވަޒީފާއިން ވަކިވެވަޑައިގަތުމަށް އެދި ހުށަހަޅުއްވާ ފަނޑިޔާރުންގެ ތެރޭން ރިޓަޔަރކުރައްވާ ފަނޑިޔާރުންނަށް ޢިނާޔަތް ދެވޭނީ 10 އަހަރު ޚިދުމަތްކުރައްވާފައި ވާނަމައެވެ.

މިހާރުގެ ގަވައިދުގައި ވާގޮތުން، ރިޓަޔަރކުރައްވާއިރު އެއްފަހަރާ ދޭ ޢިނާޔަތް ހިސާބުކުރުމުގައި މުއްދަތު ގުނާނީ އެ ފަނޑިޔާރަކު ފަހުން އައްޔަންކުރެއްވި ތާރީޚުން ފެށިގެން ރިޓަޔަރކުރެއްވުމާ ދެމެދު ޚިދުމަތްކުރެއްވި މުއްދަތެވެ.

އަދި މަހުން މަހަށް ދޭ ޢިނާޔަތް ހިސާބުކުރާނީ ފަނޑިޔާރުކަމުގައި ކުރިން ޚިދުމަތްކުރައްވާފައިވާ މުއްދަތާއި ފަހުން ފަނޑިޔާރުކަމަށް އައްޔަންކުރެއްވި މުއްދަތު ގުޅުވައި، ރިޓަޔަރކުރެއްވުމާ ހަމަޔަށް ފަނޑިޔާރުކަމުގައި ޚިދުމަތްކުރެއްވި ޖުމުލަ މުއްދަތަށެވެ.

Loading

One Response

  1. ކިތައް ރައްޔަތުންގެ އާސަންދަ ނުވަތަ ބަނޑު މުއްތިފުރުންތޯއެވެ؟ ހެޔޮނުވާނެ މިގައުމުގައި މިގޮތަށް ހަމަ ވަޒީފާއެއް އަދާ ކޮށްފިމީހަކަށް ބޮޑެތި ޢަދަދުތަށް ދާއިމީކޮށް ލިބޭގޮތަށް ރިޓަޔަރއޭ މިކިޔާއެއްޗެއް ކޮށްދީފާ ބައިތިއްބާކަށް! ރައްޔަތުންނަށް ކިހާބޮޑު ބުރައެއްތޯއެވެ؟ ތިހަދާ ހުރިހާ ޑީލްތައް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވެއެވެ. ހުރިހާ ނުލަފާކަމެއް ރިޕީޓްކޮށް ކުރަމުން ރައްޔަތުންނަށް ހަބޭހަށް ޚިޔާނާތްތެރިވަމުން ކުރާ ޢުމްރާޔަކުން ހައްޖަކުން ކުރާނީ ކޮށްފައިދާއެއް ތޯއެވެ؟

Leave a Reply to މުޙައްމަދު މޫސާ Cancel reply

ފަހުގެ އަޕްޑޭޓް