ރައުދު ފުރިކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި

Loading

June 13, 2025
profile
Facebook
Twitter
WhatsApp

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ދަޢުވާލިބޭ ރައުދު އަޙްމަދު ޛިލާލް، ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ބުނީ، ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމި އެބައޮތް ކަމަށެވެ.

މި މައްސަލާގައި ރައުދު މައްޗަށް ކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް ނެތި ޔުމްނުއަށް އެހީނުވުމާއި، އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވުމުގެ ކުށުގެ ދަޢުވާއެވެ.

ރައުދުގެ މައްޗަށް ކޮށްފައިވާ މި ދަޢުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަސް ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Loading

One Response

  1. މިވެސް ހީރޯ އެކެވެ. އަބަދު މީޑިޔާގައި މީނާގެ ވާހަކަތަކެވެ. އެކި މީހުން ހީރޯވާނީ އެކިގޮތަށެވެ.

Leave a Reply to ފިކުރީ Cancel reply

ފަހުގެ އަޕްޑޭޓް