14ގައުމަކުން މި އަހަރު ހައްޖުވެރިން ނުދާނެ، ބާކީ ތިބި ހުރިހާ ދިވެހި ހައްޖުވެރިންނަށް ޖާގަ ލިބޭނެބާ؟

Loading

Facebook
Twitter
WhatsApp

ހައްޖުގެ އަޅުކަން އަދާކުރަމުންދާއިރު ބައިބޯވުން ހުއްޓުމަށް ސައޫދީއަރަބިއްޔާ ސަރުކާރުން އެޅިފިޔަވަޅުތަކަށް އަމަލު ކުރަން ފަށައިފިއެވެ. މިގޮތުން ފުރަތަމަ އެޅިފިޔަވަޅަކީ 14 ގައުމެއްގެ ހައްޖުވެރިން ނަށް މިއަހަރު ހައްޖު ވިސާ ނުދޭގޮތަށް ނިންމުމެވެ. މީގެ އިތުރުން ހައްޖުމޫސުމުގެ ކުރިން އުމްރާ ވިސާ ދޫކުރާ އެންމެ ފަހު ތާރީޚަކީ އެޕްރިލް 13 ކަމަށް ނިންމުމެވެ. މިގޮތުން ވިސާދެވޭ އެންމެން އެޕްރިލް 29ގެ ނިޔަލަށް އެގައުމުން ފައިބަން ޖެހެއެވެ.


ކުރިންދޫކުރާ މަލްޓިއެންޓްރީ ވިސާ ދިނުންވެސް އައު ގަވާއިދުގެ ދަށުންވަނީ މެދު ކަނޑާލާފައެވެ.
އެހެންކަމުން އައު ގަވާއިދުގެ ދަށުން، އެޕްރިލް 29ން ޖޫން 10ވަނަ ދުވަހުގެ ނިޔަލަށް، ސައްހަ ހައްޖުވިސާއެއް އޮތް ފަރާތަކަށް މެނުވީ ސައޫދީއަރަބިއްޔާއަކަށް ނޭރޭނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.އެގައުމުގެ ރައްޔިތުންނާއި އެގައުމުގައި މަސައްކަތްކުރާ ބޭރުގެ ފަރާތްތަކަށްވެސް ވަނީ ހަރުކަށިގަވާއިދު ތަކެއް އިއުލާން ކޮށްފައެވެ.
ސަރުކާރު ތަކުންނާއި ހައްޖުގެ ޚިދުމަތްދޭ ކުންފުނި ތަކުން މިގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސައޫދީ ހައްޖުއެންޑް އުމްރާ މިނިސްޓްރީން ވަނީ އެދިފައެވެ.
ހައްޖު އަދި އުމްރާ ވިސާ މެދުކަނޑާލި ގައުމު ތަކުގެ ތެރޭގައި ހިމެނެނީ އަލްޖީރިޔާ،ބަންގްލާދޭޝް މިސްރު،އިތިއޯޕިޔާ، އިންޑިޔާ، އިންޑޮނީޝިޔާ، އިރާގް، ޖޯޑްން، މޮރޯކޯ، ނައިޖީރިޔާ، ޕާކިސްތާން ސޫދާން، ޓިއުނީޝިޔާ، އަދި ޔަމަން އެވެ.
ސައޫދީ ސަރުކާރުން މިފަދަ ފިޔަވަޅެއްއަޅާފައިވަނީ ހައްޖުގެ ދުވަސްވަރު ބައިބޯވުން ކޮންޓްރޯލް ކުރުމަށާ އަދި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ވެއެވެ. މީގެ އިތުރުން ހުއްދަނެތި މަސައްކަތް ކުރުމަށް އެތެރެވާ މީހުންގެ މައްސަލަ ހައްލުކުރުމަކީވެސް އެއް އަމާޒެވެ. ހުއްދަނެތި ގިނަ އަދަދެއްގެ ބަޔަކު މަސައްކަތް ކުރަން ފެށުމުން މަސައްކަތްކުރާ އެގައުގެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެއެވެ.
ހަބަރުލިބޭގޮތުގައި ވިސާ ބޭން ކުރި ލިސްޓްގައި އިންޑިޔާ ހިމެނިފައިވަނީ ހުއްދަނެތި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުންނެވެ.ބައެއް ރިޕޯޓްތައް ބުނާގޮތުން އިންޑިޔާ އަދި އެހެން ބައެއް ގައުމުތަކުގެ ރައްޔިތުން ހައްޖުވިސާ ނުހޯދާ ހަމައެކަނި އުމްރާ ވިސާ ނުވަތަ ވިޒިޓް ވިސާ ނަގައިގެން ސައުދީ އަށް އެރުމަށްފަހު ވިސާ ހަމަވިނަމަވެސް ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް މަޑުކުރެއެވެ. ނަމަވެސް މިއަހަރު ވިސާ ހަމަވުމުން މަޑުކުރާ ފަރާތްތައް ފަސްއަހަރުވަންދެން ބޭން ކުރެވޭނެކަންވަނީ އިއުލާން ކޮށްފައެވެ.
މިއައު ގަވާއިދު އައުމާއި އެކު ކުރިން ސައޫދީ ސަރުކާރުން ގެންގުޅޭ ހައްޖު ކުއޯޓާ ސިސްޓަމްވެސް އުވިގެން ދާނެއެވެ.
ހައްޖުގެ އަޅުކަން ކުރިޔަށްދާއިރު ބައިބޯވެ މީހުން މަރުވާހަމަޔަށް ކަންތައްދަނީ ރަސްމީ ޗެނެލް ތަކުން ރަޖިސްޓްރީ ނުވެ އެތެރެވާ މީހުން ގިނަ ކަމުން ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެއެވެ. ބައިބޯވެ ފިތިގެންނާއި ހޫނުގަދަ ވުމުގެ ސަބަބުން 2024 ވަނަ އަހަރުގެ ހައްޖު މޫސުމުގައިވެސް ބާރަސަތޭކައަށް ވުރެގިނަ ހައްޖުވެރިން މަރުވެފައިވެއެވެ.
ރަޖިސްޓްރީ ނުވެ އެތެރެވާ ގިނަމީހުންނަކީ ތިބޭނެ ތަންތަނާ ޓްރާންސްޕޯޓް އަދި ސިއްހީ ހިދުމަތް ލިބޭނެ ގޮތްތައްވެސް ހަމަނުޖައްސާދާ މީހުންނެވެ.އެހެން ކަމުން ބަލިވާ މީހުންނަށް ސިއްހީ ފަރުވާ ދިނުމާއި އަދި ލޮޖިސްޓިކްގެ ކަންކަން ހަމަޖައްސާ ދިނުމަށް ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ދަތިވެއެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ސަލާމަތީ ކަންކަން ހަރުދަނާކުރުމަށްޓަކައި މިގޮތަށް ވިސާ ގަވާއިދު ހަރުކަށިކޮށްލުމަކީ މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.އަދި މިއީ ޑިޕްލޮމެޓިކް ގޮތުން އެޅިފިޔަވަޅެއް ނޫންކަމަށް ވެސް ސައޫދީ އޮފިޝަލުން ބުނެއެވެ..
ރަސްމީކޮށް ރެޖިސްޓަރ ވެގެންދާ، ވިސާ ބޭން ނުކުރާ ގައުމުތަކުގެ ރައްޔިތުންނަށް ކުރިޔެކޭވެސް އެއްގޮތަށް ހައްޖުގެ ކަންކަން ކުރިޔަށް ގެންދެވޭނެއެވެ.ނަމަވެސް ހުއްދަނެތި ހައްޖުވާ މީހުންނާއި ލިބުނު އުމްރާވިސާ ހަމަވުމުންވެސް މަޑުކުރާފަރާތް ތަކަށް ފަސްއަހަރުވަންދެން ސައޫދީ އަށް ނޭރޭނެގޮތް ހަދާނެކަމަށް ސައޫދީ ސަރުކާރުން ބުނެފައި ވެއެވެ.
14 ގައުމަކުން ހައްޖުވެރިން ދިއުން މަނާކޮށްލުމުން ހައްޖުވެރިންގެ އަދަދު މިއަހަރު ވަރަށް ބޮޑަށް މަދުވެގެން ދާނެއެވެ.މިގޮތުން ލިބޭ ޖާގައިގެ ބޭނުންހިފައި، މިފުރުސަތުގައި ބާކީ ތިބި ހުރިހާ ދިވެހި ހައްޖުވެރިންނަށް ޖާގަ ލިބޭތޯ އިސްލާމިކްމިނިސްޓްރީން ބަލާ ދިނުމަކީ ގިނަބައެއްގެ އެދުމަކަށް ވާނެކަން ޔަގީނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް