ކުނިއަޅަންޖެހޭ ތަންތަނަށް ކުނިއެޅުމުގެ އާދަ އަށަގަންނަވަން ޖެހޭ:އާދަމް ޝަރީފް

Loading

February 15, 2025
sandhaanu news
Facebook
Twitter
WhatsApp

ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ”ރޯދަ ސާފު“ ޙަރަކާތުގައި، މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ހުރި ޕަބްލިކް ވާރކްސް ޔުނިޓުތަކުންނާއި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ބައިވެރިވަމުންދާކަން ފާހަގަކޮށް ކުރެއްވެވި ޕޯސްޓެއްގައެވެ.

ވަޒީރު ކުރެއްވެވި މި ޕޯސްޓްގައި ވިދާޅުވީ ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި، ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި، ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

”ރޯދަ ސާފު“ގެ ނަމުގައި މާލެ ސާފުކުރުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގުޅިގެން މިއަދު ފަށާ ޙަރަކާތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ކުންފުނިތަކާއި، ގިނަ ޢަދަދެއްގެ މުއައްސާސާތަކުން ބައިވެރިވެ ދެއްވުމަށް އެތައް ސަތޭކަ ބަޔަކު އެއްވުމަކީ، އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ ގުޅުންއޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ވަޒީރު އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ކުރީ ޒަމާނުން ފެށިގެން ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ.އަދި އެއީ ދިވެހިންގެ ސަޤާފަތުގެ ރީތި އާދައެކެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާ ބެހޭ ވުޒާރާއިން މިއަދު މާލޭގައި ކުރިއަށް ގެންދާ ”ރޯދަ ސާފު“ ޙަރަކާތުގައި ވަރަށް ގިނަ ޢަދަދެއްގެ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.

”ރޯދަ ސާފު“ގެ ނަމުގައި މާލެ ސާފުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޙަރަކާތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ޑިފެންސާއި، މޯލްޑިވްސް ޕޮލިހާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، މިނިސްޓްރީ އޮފް ހެލްތާއި، އެމްޓީސީސީއާއި، އާސަންދަ ކޮމްޕެނީ ލިމިޓެޑާއި، ސްޓެލްކޯއާއި، އެމްޑަބްލިޔޫއެސްސީއާއި، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ގޭހާއި، ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗާއި، ވަޒީފާއާ ބެހޭ ޓްރެބިއުނަލާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހާއި، މީރާއާއި، ޓެކްސް އެޕީލް ޓްރަބިއުނަލާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ވެމްކޯއާއި އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާ ބައިވެރިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް