މޯލްޑިވިއަންއަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް އޮކްޓޫބަރުގައި ގެންނަނީ

Loading

February 9, 2025
sandhaanu news
Facebook
Twitter
WhatsApp
Maldivian Air craft

މޯލްޑިވިއަން އަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު މަހުގައި ގެނައުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން މި އައު އެއަރކްރާފްޓް ގެނައުމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖެއިން އުދުހެން ފެށޭނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވިއަން އިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް ގެނެސްފައެވެ. މި އެއަރކްރާފްޓް ގެނައުމާ ގުޅިގެން، މިހާރު ވަނީ ޗައިނާގެ 3 މަންޒިލަކަށް ސީދާ ދަތުރުތައް ފަށާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް