މައްސަލަތައް ދިމާވެގެން އުދުހުން މަނާކުރި 737 މެކްސް މަރުކާއަށް އުދުހުމުގެ ހުއްދަ ދީފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ބޮއިން 737 މެކްސް މަރުކާގެ ފުލައިޓުތަކަށް ދިމާވި މައްސަލަތަކަކާގުޅިގެން ފްލައިޓުތައް އުދުއްސުން މަނާކުރުމަށްފަހު 737 މެކްސް މަރުކާގެ ފްލައިޓުތަކަށް އުދުހުމުގެ ހުއްދަ ދީފިއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނިގޮތުގައި ބޮއިން 737 މެކްސްގެ ފްލައިޓްތަކަށް އުދުހުމުގެ ހުއްދަ ދިނީ އެ މަރުކާގެ ފްލައިޓްތަކަށް ދިމާވި މައްސަލަތައް ބަލައި ހުރި މައްސަލަތައް ރަނގަޅުކުރުމަށްފަހުގައެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބޯއިން 737 މެކްސްގެ ފްލައިޓުތައް އުދުއްސުން 2019 ގެ މާޗު މަހު މަނާކުރީ އިންޑޮނޭޝިޔާއާއި އިތިއޮޕިއާގައި ހިނގި ނުރައްކައުތެރި ދެހާދިސާއެއްގައި ދެ ފްލައިޓު ވެއްޓުމާގުޅިގެން މުހިއްމު ތަހުގީގެއް ކުރުމަށެވެ.

އިންޑޮނޭޝިޔާއާއި އިތިއޮޕިއާގައި 2018 ގައި ހިނގި ބޯއިން 737 މެކްސް ފްލައިޓު ވެއްޓުމުގެ ހިތާމަވެރި ހާދިސާގައި 346 މީހުން މަރުވިއެވެ.

ދުނިޔޭގެ ތަފާތު ގައުމުތަކުގެ 48 އެއާރލައިނަކުން ބޭނުން ކުރަމުންދިޔަ 387 ފްލައިޓުތައް ދުއްވުން މަނާކުރުމަށްފަހު އުދުހުމުގެ ހުއްދަ ދިނީ ފްލައިޓް ކޮންޓްރޯލަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު ކުރަންޖެހޭ ތަޖުރިބާތައް ކުރުމަށްފަހުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް