ޕީއެސްއެމްގެ އެމްޑީއަކަށް ނަސްރީން، ޗެއާޕާސަންގެ މަގާމަށް ނަމްޒާ!

Loading

December 23, 2024
sandhaanu news
Facebook
Twitter
WhatsApp

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާޕާސަނަކަށް ލޯކަލް ގަވަމެންޓުގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ އަދި އެ ކުންފުނީގެ އެމްޑީއަކަށް ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގް މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ނަސްރީން މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް، މ.ހަނީކޯމްބް، އާމިނަތު ނަމްޒާ އައްޔަން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ލ.އިސްދޫ، އިބްރާހީމް ނަސްރީން އައްޔަންކޮށްފައިވާ ކަމަށް ވެސް ޕީސީބީން ބުނެފައި ވެއެވެ.

Loading

One Response

Leave a Reply to Ibbe Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް