އެކްސިޑެންޓުވުމުން ފިލި ޒުވާނާގެ ބަންދަށް 5 ދުވަސް!

Loading

November 30, 2024
sandhaanu news
Facebook
Twitter
WhatsApp

ހައިވޭގައި ބާރު ސްޕީޑުގައި އޯވާޓޭކް ކުރި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ނުރައްކާތެރި  އެކްސިޑެންޓެއް ހިނގުމުންވެސް މަޑުނުކޮށް ފިލި ދިވެހި ފިރިހެނަކު ހައްޔަރުކޮޮށް ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިރޭ ބުނީ، އެ އެކްސިޑެންޓް ހިނގީ އިއްޔެ 14:43 ހާއިރު ކަމަށެވެ.

އެގޮތުން ގަވައިދާ ހިލާފަށް އޯވާޓޭކްކުރި ސައިކަލު އެކްސިޑެންޓްވުމުންވެސް މަޑުނުކޮށް ދިޔުމުންވެސް ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރީ ބ. އޭދަފުށި، ފަސްމީރު، ޝުނާން މުހައްމަދު ޝާކިރު (22އ) އެވެ.

އެހެންކަމުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އެކްސިޑެންޓްގައި އަނިޔާވީ ފިރިހެނަކާއި އަންހެނަކަށް ކަމަށާއި އެ ދެ މީހުންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންބުނެފައި ވެއެވެ.

Loading

One Response

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް