އެމެރިކާ އާއި އިސްރާއީލުގެ ބާރު ނިމެނީ ކަމަށް އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސްގެ ކޮމާންޑަރު މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ.
ސަލާމީ މިހެން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ތެހެރާނުގައި ގްލޯބަލް އެރޮގަންސް ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ދެއްވި ތަގުރީރުގައެވެ.
އެމެރިކާއާއި އިސްރާއީލުގެ އާރާ ބާރުވެރިކަން ވެއްޓުމާ ފުރިހަމައަށް ގާތްވެފައިވާކަން ފާހަގަކުރައްވައި، ސަލާމީ ވަނީ ވޮޝިންޓަނާއި ޓެލްއަވީވްއަށް އިންޒާރު ދެއްވާފައެވެ.
ސަލާމީ ވިދާޅުވީ އިރާނުގެ ދިފާޢީ ބާރުތަކުން އިސްރާއީލަށް އެކަށީގެންވާ ވަގުތެއްގައި ޔަގިނުންވެސް ރައްދުދޭނެ ކަމަށެވެ.
ޣައްޒާ އާއި ލުބުނާނުގައި ހިނގާ ހިތާމަވެރި ޖަރީމާ ތަކަށް އިޝާރާތް ކުރައްވައި، ޑިމޮކްރަސީ އާއި މިނިވަން ކަމަށް ވަކާލާތުކުރާ ކަމަށް އެމެރިކާ ބުނާ ނަމަވެސް ދުނިޔޭގެ ސިޔާސީ އަދި އަސްކަރީ ހަލަބޮލިކަމުގެ އަސްލަކީ އެމެރިކާ ކަމަށް ސަލާމީ ވަނީ ވިދާޅުވެފައެވެ.
2 Responses
Democracy akee anekun ge haggu feyri gathumaai, ”naslu“ nahthaalan gathulu aammu hingun Kan America in dhanee amalun dhakkamun.
ދުނިޔެ ބިރުވެރި ޖަންގައްޔަކައް ހަދަނީޖައްބަާރު އެމެރިކާއިން އެއީ ޒަޔަނިސްޓު އަސާ ގަނޑު