އިލެކްޝަންސް ކޮމިޝަނުގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަނީ

Loading

October 17, 2024
sandhaanu news
Facebook
Twitter
WhatsApp
ފޮޓޯ:ދައުރު

އިލެޝަން ކޮމިޝަން (އީސީ) ގެ އޮފީސް ހިންގަން މާލޭގެ އިމާރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މިކަންހާމަކޮށް އީސީން ކުރި އިއުލާނުގައި ބުނީ، އެ ކޮމިޝަންގެ އޮފީސް ހިންގުމަށް 10 އަހަރު ދުވަހުގެ މުއްދަަތަކަށް އިމާރާތެއް ކުއްޔަށް ނަގަން ބޭނުންވާ ކަމަށެވެ.

އީސީން ބުނީ އެ ކޮމިޝަނުގެ އޮފީސް ހިންގުމަށް އިމާރާތް ކުއްޔަށް ދޫކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅޭނެ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 28ވާ ހޯމަ ދުވަހުގެ 13:30ގައި އީސީ ހިންގާ ޕޯޓް ކޮންޕްލެކްސްގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ .

އީސީން ކުރި އިއުލާނުގައި ބުނީ އޮފީސް ހިންގަން ހޯދަނީ މަދުވެގެން 13،500 އަކަފޫޓުގެ އިމާރާތެއް ކަމަށެވެ. އަދި ކުއްޔަށް ދޫކުރާ ފަންގިފިލާތަކުގައި އެ ކޮމިޝަން ނޫން އިތުރު އޮފީހެއް ހުރެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

ކުއްޔަށް ދޫކުރާ އިމާރާތަކީ ހަތަރު ފުރޮޅުލީ އުނޅަދުތަކަށް ފަސޭހައިން ވަދެވޭނެ އިމާރާތަކަށް ވާންވާނެ ކަމަށާއި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ހުރި އިމާރާތަކަށް ވާން ޖެހޭނެ ކަމަށް އީސީން ހާމަކޮށްފައި ވެއެވެ.

Loading

One Response

  1. ބުރޯ ކީއްކުރަން ތަނެއް ކުއްޔަށް ހިފަނީ؟ ހުޅުމާލެއިން ބިމެއް ނަގާފައި 10 ބުރިއަށް ހިއްލާލަންވީނު؟ ބޭރު ޤައުމުތަކުންވެސް ފަންޑު ދޭނެ! އެ އިމާރާތް ޑިޒައިން ކުރާނީ ކުއްޔަށް ދޫކުރާގޮތަށް. ކުއްޔަށް ދިނަސް ތަނުގެ އެއްވެސް ކަމަކަށް އުނދަގުލެއް އަދި ބުރުލެއް ނާރާގޮތަށް. އޭރުން އިދާރީ ކަންކަމަށް ޚަރަދުކުރަންޖެހޭ މިންވަރަށް އިމާރާތުން ފައިސާ ލިބޭނެ!

Leave a Reply to ޔެސީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް