އިސްރާއީލުން ބޭނުންވަނީ މުޅި އަރަބި އަދި އިސްލާމީ ސަރަހައްދު

Loading

October 16, 2024
sandhaanu news
Facebook
Twitter
WhatsApp

އިސްރާއީލުން ބޭނުންވަނީ މުޅި އަރަބި އަދި އިސްލާމީ ސަރަހައްދު ކަމަށް ހިޒްބުاللهގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޝެއިޚް ނާއިމް ޤާސިމް އިއްޔެ ވިދާޅުވެއްޖެއެވެ.

ނާއިމް ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ހައިފާ އާއި ޓެލް އަވީވަށް އިއްޔެ ހަމަލާދީފައިވާ ކަމަށާއި މިއީ ހިޒްބުاللهގެ މަރުޙޫމް ސެކްރެޓަރީ ޖެނެރަލް ޝަހީދު ސައްޔިދު ހަސަން ނަޞްރުالله އެދިވަޑައިގަންނަވާނޭ ގޮތް ކަމަށެވެ.

އަދި މިއަދު އެ ޖަމާއަތުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުގެ ތެރެއިން ބޭނުން ކޮންމެ ބަޔަކަށް ހަމަލާދެމުން އަންނަ ކަމަށް ނާއިމް ވިދާޅުވެފައި ވެއެވެ. ނާއިމް ވަނީ އެ ޖަމާއަތުން އިސްރާއީލުގެ ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަށް މިހާރު އިތުރަށް ވަރުގަދަކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

އިސްރާއީލުގެ އިސްތިއުމާރީ ވެރިކަން ދިރިހުރުން ބިނާވެފައި ވަނީ ނަސްލު ނައްތާލުމާއި ބާރެއް ނެތް މީހުންގެ ގެދޮރު ސުންނާފަތި ކުރުމުގެ މައްޗަށް ކަމަށް ނާއިމް ވިދާޅުވި އެވެ.

ނާއިމް ވިދާޅުވީ އަލް އަގްސާ ތޫފާން [އޮކްޓޯބަރު 7 ގައި ހިންގި އޮޕަރޭޝަން] އަކީ 75 އަހަރު ދުވަހުގެ ހިސާރުކުރުމުގެ ނަތީޖާ ކަމަށާއި މިއީ ޝަރުއީ ހައްޤެއް،“ ކަމަށެވެ.

 އެގޮތުން ”އިސްރާއީލުގެ މައްޗަށް ފިޔަވަޅު އެޅުމާއި އެ އަނިޔާވެރި ޖަރީމާތައް ހުއްޓުވުމުގެ ހައްގު ލިބިގެންވާ ކަމަށް ނާއިމް ވިދާޅުވިއެވެ.

ހަމައެހެންމެ އިސްރާއީލުން ބޭނުންވަނީ މުޅި އަރަބި އަދި އިސްލާމީ ސަރަހައްދު، ކަމަށް ވިދާޅުވެ ނާއިމް ވަނީ ސަރަހައްދީ ގައުމުތަކަށް އިންޒާރު ދެއްވާފައެވެ.

ހިޒްބުﷲގެ ދެކޮޅުވެރިކަމަކީ ޝަރުއީ އަދި ދިފާއީ ދެކޮޅުވެރިކަމެއް، ކަމަށާއި އަމާޒަކީ ހިސާރުކުރުމާ ދެކޮޅު ހަދައި ބިންތައް މިނިވަން ކުރުން ކަމަށް ނާއިމް ވިދާޅުވިއެވެ.

ނާއިމް ވިދާޅުވީ ”ނަތަންޔާހޫ ހޯދަނީ އާ މެދުއިރުމައްޗެއް ކަމަށާއި އެމެރިކާއާއި އިސްރާއީލުން ބޭނުންވާ ގޮތަށް ހެދުމަށް މަސައްކަތް ކުރާ އާ މެދުއިރުމައްޗަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ނުރައްކަލެއް“ ކަމަށެވެ.

ހިޒްބުﷲއިން ފަލަސްތީނުގެ ހައްގުތައް ދިފާއު ކުރަމުން ގެންދާނެ ކަމަށާއި ޣައްޒާގެ ހަނގުރާމަ ހުއްޓޭނެ ގޮތެއް ހޯދަމުން އަންނަ ކަމަށް ނާއިމް ވިދާޅުވިއެވެ.

ނާއިމް ވަނީ ފަލަސްތީނަށް އީރާނުން ދޭ އެއްބާރުލުމަށް ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން ”އިސްރާއީލުން ތަބާވާ އެއްވެސް ގަރާރެއް ނެތް“ ކަމަށް ނާއިމް ވިދާޅުވިއެވެ.

Loading

3 Responses

  1. ޝެއިޚް ނާއިމް ގާސިމަށް ތައުރީފް ކުރަން މާތްﷲގެ ވަޙީ ދޮގެއް ނުކުރެވޭނެ. ބަދުރު ހަނގުރާމަ މިއަދުވެސް މުސްލިމުންނަށް ކުރެވޭނެ. انشا الله

  2. American Israel gaanoon akee insaanun alhuvethi kurun. Issve hama laa dhee, sihumeh nethi gathulu aammu hingun Gina kaafarun ge hukum akee mi fenna, American terrorism.
    America saoodheega rukuruvaalai irag ah hama laa dheyne Kan yageen vumun askariyyaa in America hamalayeh dhinumuge amurah edhumun bunevey gothuga Sahdhaam amuru nudhinee molhu kollan. Natheeja hithi koh Iraq thajuriba kuri. Bodu Eid dhuvahu kathilee. kambalhiyah hadhaafa.. American terrorism!

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް