ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުންނަށް ބޮޑު ކުރިއެރުމެއް 

Loading

Facebook
Twitter
WhatsApp

ފްރާންސްގެ ވެރިރަށް ޕެރިސްގައި ކުރިއަށްދާ ޕެރަލިމްޕިކްސް 2024ގައި ވާދަކުރި ދިވެހި ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ބުނީ ޕެރަލިމްޕިކް ގޭމްސްގައި މި ފަހަރު ދިވެހިރާއްޖެ ތަމްސީލުކުރީ ދެ ދުވުންތެރިން ކަމަށްވާ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުއްރައްޒާގު އަބްދުއްސަމަދު ކަމަށެވެ.

އެގޮތުން އެ ދެ އެތުލީޓުން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ހާމަކޮށް އެ ވުޒާރާއިން ބުނީ އެ ގޭމްސްގައި ފާތިމަތު އިބްރާހިމް ވާދަކޮށްފައި ވަނީ 100 މީޓަރު ދުވުމުގައި ކަމަށެވެ. އަދި އޭނާ ވަނީ 17:10 ސިކުންތުން ރޭސް ނިންމައި މި އިވެންޓުގައި ގައުމީ ރެކޯޑެއްވެސް ހަދާފަ އެވެ.

އަބްދުއްރައްޒާގު ވާދަކޮށްފައި ވަނީ ޓީ11-ޓީ13ގެ 100 މީޓަރު ދުވުމުގައި ކަމަށާއި އޭނާ ވަނީ 14.46 ސިކުންތުން ރޭސް ނިންމައި، އޭނާގެ ކެރިއަރުގެ ބެސްޓް ޓައިމިން ހާސިލްކޮށްފައި ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ފާތުން އާއި ރައްޒާގު ޕެރަލިމްޕިކްސް 2024ގައި ވާދަކޮށް ފާހަގަކޮށްލެވޭފަދަ ކާމިޔާބެއް ހޯދާފައި ވާއިރު އެ ދެ އެތުލީޓުން ވަނީ މިދިޔަ އަހަރު މަޑަގަސްކަރައިގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފަ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް