ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ރިޒާވްވެސް ވަރުގަދަ ވާނެ: ރައީސް މުޢިއްޒު

Loading

Facebook
Twitter
WhatsApp

ކުރިޔަށް އޮތް ތަނުގައި ރާއްޖޭގެ ރިޒާވްވެސް ވަރުގަދަ ވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ”އިޤްތިޞާދު ހަރުދަނާ ކުރާނަން،ބިންގާ ރަނގަޅު، ފައިސާ ޗާޕެއް ނުކުރަން. އެއީ އެންމެ ފުރަތަމަ ކަންތައް. ޑޮލަރު އަޅުގަނޑުމެން ތެރޭގައި އިތުރު ކުރުމަށްޓަކައި ބައިވަރު ބަދަލުތައް މި ގެންނަނީ، ޤާނޫނީ ބަދަލުތަކާ، ނިޒާމީ ބަދަލުތަކާ މިގެންނަނީ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ރިޒާވްވެސް ވަރުގަދަ ވާނެ ”އެވެ.

ރައީސް ވިދާޅުވީ“ މަސައްކަތްތެރީންނަށް، ކުންފުނިތަކަށް، ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް، ދޭން ހުރި ފައިސާވެސް އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ދެމަސް ތެރޭގައި ދެމުންދެމުން ދާނީ. އަޅުގަނޑުގެ ޓާރގެޓަކީ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު ޕެންޑިންގައި ނުދެވި ހުރި ފައިސާތައް މީހުންނަށް ދީ ނިންމުން.“ އެވެ.

މަސްވެރިކަން އިތުރަށް ފުޅާކުރުމަށް ފެކްޓްރީތައް ހެދުމުގެ މަސައްކަތްތައް ރޭވި، އިޤްތިޞާދު ރަނގަޅުވަމުންދާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓު ނިމެމުންދާ ކަމަށާއި އިތުރު ރިޒޯޓްތައް ހުޅުވެމުން އަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އިތުރު ބޮޑެތި ބައެއް މަޝްރޫޢުތައް ފެށުމަށްޓަކައި ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް