މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް އެންޑީއޭގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވެއްޖެއެވެ.
ލުބްނާ މިހެން ވިދާޅުވީ ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މި އަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށް ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލުބްނާ ވަނީ ”މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން މި ސަރުކާރު ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ދިވެހި ސަރުކާރުގެ ފަރާތުން އަރުވަން“ ކަމަށް ވިދާޅުވެފައެވެ.
ކާމިޔާބުކަމާއި އަބުރުވެރިކަމާއިއެކު މުޖްތަމައުއަށް ގުޅުމުގައި މުޅި މުޖްތަމައުގެ ތަރުހީބާއި އިޙްތިރާމް އެ ފަރާތްތަކަށް ބޭނުންވާ ކަމަށާއި އެ ފަރާތްތަކަށް ހަމަޖެހުމާއި އިތުބާރާ މުޖްތަމައުގައި އުޅުމުގެ ފުރުސަތު އެ ފަރާތްތަކުގެ އާއިލާއިން ދިނުމަށް ލުބްނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެން.ޑީ.އޭ އަދި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ ތިބީ އަތުގުޅާލައިގެން އެކަމުގައި ފަހަތަކަށް ނުޖެހޭނެކަން ލުބްނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
One Response
Thiyaee karukudey bunaakahala vaahajaekeve varah baarah adah baarulaafai thiyahen bunevidhaane eve haqeeqah fwbigeneh nudhe eve