އިންޑިޔާގައި ހިނގީ އާދައިގެ ރޭޕް/މަރޑަރގެ އަމަލެއް ނޫން: ޑޮކްޓަރުން

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ކޮލްކަތާގައި މި މަހުގެ 9ވަނަ ދުވަހުގެރޭ ހިންގި، ޖޫނިއަރ ޑޮކްޓަރަކު ރޭޕްކުރުމަށްފަހު މަރާލުމުގެ އަމަލަކީ އާދައިގެ ރޭޕް އެންޑް މަރޑަރ ކޭސް އެއް ނޫން ކަމަށް އެހެން ޑޮކްޓަރުންނާ ހަވާލާދީ މީޑިޔާ ރިޕޯޓްތަކުން ބުނަން ފަށައިފިއެވެ. މިއީ ”ބިގްފިޝް ކޭސް“ ނުވަތަ ނުފޫޒުން ފޮރުވަން އުޅޭ މައްސަލައެއް ކަމަށް އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.


މަރާލެވުނު ޑޮކްޓަރާ އެކުގައި މަސައްކަތްކުރާ އެހެން ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭނާ އަށް ދައްކަންޖެހުނީ ހޮސްޕިޓަލުގެ އިސް ބައެއް ފަރާތަކުން ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދާ ނާޖާއިޒު އަމަލުތަކެއްގެ މައުލޫމާތު ލިބި ހުރުމުން އޭގެ އަގު ކަމުގައެވެ.
އެ ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ސަރުކާރުން ހިންގާ އާރު.ޖީ ކަރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް ގެ އިސްބައެއް ފަރާތްތަކުން ގެންދަނީ ހޮސްޕިޓަލަށް ދޫކުރެވޭ ބޭހާ އެހެން މެޑިކަލް ކޮންސިއުމަބަލްސް ވަގަށް އެހެން ތަންތަނަށް ވިއްކަމުންނެވެ.އަދި މަރާލެވުނު ޑޮކްޓަރު ދިޔައީ އެ އަމަލު ތަކުގެ މައުލޫމާތު ހާމަ ކުރުމަށް ތައްޔާރު ވަމުންނެވެ.
މިކަން އެނގުމާއިއެކު ހޮސްޕިޓަލުގެ އިސްވެރިން ގެންދިޔައީ ނުކުޅަދާނަ ވަރަށް އޭނާއާއި ޑިއުޓީ ހަވާލު ކޮށް އެހެންވެސް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. މިގޮތުން މަރާލެވުނު ރޭވެސް އޭނާ އަރާމު ކޮށްލުމަށް ހުސް ހޯލެއްގައި ޖައްސާލީ ތިރީހަކަށް ގަޑިއިރު ޑިއުޓީގައި ހުރުމަށް ފަހު ކަމަށް ވެއެވެ.
އޭނާ ރޭޕް ކުރީ އޮފީހުގައި މަސައްކަތް ކުރާ ”ވޮލަންޓިއަރ“ މުވައްޒަފެއް ކަމަށްވެއެވެ.ޑޮކްޓަރު ހުސްހޯލުގައި ޖައްސާލިކަން އޮފީސް ބައިގައި މަސައްކަތް ކުރާ މީހަކަށް އެހާ ދަންގަޑިއެއްގައި އެނގުނީ ކިހިނެއްތޯ މިއީ ކުރެވޭ އެންމެ ބޮޑު ސުވާލެވެ.
އަމަލު ހިންގި މީހާޔަށް ފުލުހުން ވަނީ،މުޒާހަރާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ”ހިމާޔަތް ދީފައެވެ“. އެހެނީ އޭނަ އެވަގުތުން ފެށިގެން ބަހައްޓާފައި ހުރީ ޕޮލިޝް ބެރެކްސް ގައެވެ.


ބޮޑެތި އަނިޔާތަކަކާއެކު މަރާލެވިފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނިފައިވަނީ ހެނދުނު 10 ޖެހިއިރު ކަމަށްވެއެވެ. ކުރީރޭ ދަންވަރު 3 ޖެހިއިރު އިންޓަރންއަކު ގެނައި ރިޕޯޓް އެއްބަލަން އޭނާތެދުވި ކަމަށްވެއެވެ. މިހާރު އުފެދޭ ސުވާލަކީ އޭނާހުރީ އޮންކޯލް ޑިއުޓީގައި ނަމަވެސް ދަންވަރު 3ންފެށިގެން ހެނދުނު 10އަށް އޭނާގެ ބޭނުން އެއްވެސް މީހަކަށް ނުޖެހުނީ ކީއްވެތޯ؟
ޑޮކްޓަރު މަރާލާފައި އޮއްވާ ފެނުމަށްފަހު ހޮސްޕިޓަލުން އާއިލާއަށް ފޯނު ކޮށްފަ އެމީހުންގެ ދަރިފުޅު އަމިއްލަޔަށް މަރުވެފައިވާކަމަށް ބުނި ކަމަށް ވެއެވެ. ޑޮކްޓަރުގެ މަންމަ ބުނެފައިވާ ގޮތުގައި އެރޭ ވެސް މަންމައާއި ފޯނުން ވާހަކަ ދެއްކިއެވެ.އޭރުވެސް އޭނަ ހަމަ އޯކޭ ކަމަށް މަންމަ ބުނެފައިވެއެވެ.
ދަރިފުޅު އަމިއްލަޔަށް މަރުވިކަމަށް ގަބޫލު ނުކުރާކަމަށް އާއިލާއިން ބެނެފައިވެއެވެ. އަދި ވަގުތުން ހޮސްޕިޓަލަށް ގޮސް ދަރިފުޅުގެ ހަށިގަނޑު ދެއްކުމަށް އެދިފައި ވެއެވެ. ނަމަވެސް ތަހުގީގު ހިނގަމުން ދާތީ ކަމަށް ބުނެ އާއިލާއަށް ހަށިގަޑު ނުދައްކާ ތިން ގަޑިއިރު ލަސްކުރި ކަމަށްވެއެވެ.
ޕޯސްމޯޓަމް ރިޕޯޓް ހަވާލު ކުރުމަށްވެސް ފުރަތަމަ ހޮސްޕިޓަލުން ދެކޮޅު ހެދިއެވެ. ނަމަވެސް އެކި ގޮތްގޮތުން ރިޕޯޓް ހޯދާ ބެލިއިރު ހައިރާން ކުރުވާފަދަ ކަންތައް ތަކެއްވަނީ ހާމަވެފައެވެ. އެގޮތުން ރޭޕް ކުރީ ގްރޫޕަކުން ކަމަށް ބެލެވޭ ގޮތަށް ގިނަ އަދަދެއްގެ މަނި އޭނާގެ ގައިން ފެންނަން ހުރި ކަމަށް ވެއެވެ.
ދެފައިވަނީ ހިޕް ޖޮއިންޓުން(ފައި މައި ހަށިގަނޑާ ގުޅޭ ހުޅު) ބިންދާލައި 90 ޑިގްރީ އަށް މައްޗަށް ލަބާލާފައެވެ. އަދި ފައިން ފެށިގެން ބޮލާހަމަޔަށް ބޮޑެތި އަނިޔާގެ ނިޝާންތައް ފެންނަން ހުއްޓެވެ.
ރޭޕް ގެ އަމަލު ހިންގި އާރު.ޖީ ކަރު މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް ގެ ކުރީގެ ޕްރިންސިޕަލް ޑޮކްޓަރ ސަންދީޕް ގޯޝް ވަނީ އޮގަސްޓް 9 ގެ ހާދިސާ ގެ ދެދުވަސް ފަހުން އިސްތިއުފާ ދީފައެވެ. ނަމަވެސް 9 ގަޑިއިރު ފަހުން އެހެން ހޮސްޕިޓަލަކުން ހަމަ އެވަޒީފާ އޭނާޔަށް ދީފައި ވެއެވެ.
ގޮޝްއާ ފުލުހުން މާބޮޑަށް ސުވާލު ނުކުރާކަމަށް ވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރަށް މިހާރު ތަހުގީގު ފަށާފައިވާ ސީބީއައިގެ އޮފިޝަލުން ވަނީ 2ގަޑިއިރުވަންދެން ގޯޝްއާ ސުވާލު ކޮށްފައެވެ. އޭނަޔަށް މަރުގެ ޚަބަރުދިނީ ކާކުތޯ،ޚަބަރު ލިބުމުން އޭނަ ރިއެކްޓް ކުރީ ކިހިނެއްތޯ، އެރޭ އޭނަ ހުރީ ކޮންތާކުތޯ،މަރުގެ ޚަބަރު އާއިލާއަށް އެންގުމަށް ހަވާލުކުރީ ކާކާތޯއާއި މިފަދަ ސުވާލުތައް ކޮށްފަ ވެއެވެ. ސީ.ބީ.އައި އޮފިޝަލުން ވަނީ ގޯޝްގެ މަންމަގެ ގެޔަށްގޮސް އޭނާއާއި ވެސް ސުވާލު ކޮށްފައެވެ.
މީގެ އިތުރުން މަރުވި ޑޮކްޓަރު މަސައްކަތް ކުރަމުން ގެންދިޔަ ޗެސްޓް މެޑިސިން ޑިޕާޓްމަންޓްގެ ޑިއުޓީ ރޮސްޓަރާ ބެހޭ ގޮތުންވެސް ގޯޝްއާއި ސުވާލު ކޮށްފައި ވެއެވެ.ގޯޝް ވެސް އެއްބަސްވެފައިވާ ގޮތުގައި ޑޮކްޓަރު މަރުވިރޭ 24 ގަޑިއިރު ޑިއުޓީ އަދާކޮށްފައިވެއެވެ.ނަމަވެސް އެހެން ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އެއަށްވުރެ މާގިނައިރު އޭނާ ޑިއުޓީ ވަނީ އަދާކޮށްފައެވެ.
އެހޮސްޕިޓަލުގައި މަސައްކަތް ކުރާހިތް މިހާރު އެއްގޮތަކަށްވެސް ނުވާކަމަށް ޑަކްޓަރު ގެ މަންމަކައިރީ އޭނާބުނި ކަމަށް ވެއެވެ. މަންމަ ބުނެފައިވާ ގޮތުގައި ދާހިތް ނުވީ ހޮސްޕީޓަލުން ފިއްތުންތައް ކުރިމަތިކުރަމުން ދާތީކަން މިއިނގުނީ މިހާރުއެވެ.
އާއިލާއިން މައުލޫމާތުދީފައިވާ ގޮތުގައި ދަރިފުޅު ރޭޕް ކުރިކަމަށް ޝައްކުރެވޭ މީހުންގެތެރޭގައި ބައެއް ޑޮކްޓަރުން ވެސް ހިމެނެއެވެ. ސީބީއައި އިން ދަނީ ޝައްކުކުރެވޭ އެންމެނާ ސުވާލު ކުރަމުން ކަމަށް ވެއެވެ.
އިދާރާތަކުން ސުވާލު ކުރެއެވެ. ގާވެސް ފުރޮޅައެވެ. ތަހުގީގުތައް ފުރިހަމަ ކުރެއެވެ. އެކަމަކު މައްސަލަ އަކީ ދެން އެވާ ގޮތެކެވެ.
”ބިގްފިޝް ކޭސް“ ތަކުގައި އެއްވެސް މީހެއްގެ ނަމެއް ހާމައެއް ނުކުރެއެވެ.އެއްވެސް މީހަކަށް އަދަބެއް ނުލިބެއެވެ. މަދު ކޭސްއެއްގައި ކޯޓާ ހަމަޔަށް މައްސަލަ ދިޔަނަމަވެސް ބޮޑުސިންގާ މާފެއްގެ ދަށުން މިނިވަން ވެއެވެ.
ހިތާމަޔަކީ ރާއްޖޭގައިވެސް ހަމަ މިކަންކަން މިގޮތަށް ހިނގާކަމެވެ.

(ވިއޯން ޗެނެލްގެ ރިޕޯޓް އަކަށް ބިނާކޮށް)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް