ތައިލަންޑްގެ އައު ބޮޑުވަޒީރު ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ތައިލަންޑްގެ އައުބޮޑުވަޒީރު ޕެޓޮންގޓަރން ޝިނަވަޓްރާ ރަސްމީކޮށް އެމަގާމަށް އައްޔަން ކުރެވިއްޖެއެވެ.އަދި ސަރުކާރެއް އެކުލަވާލެއްވުމުގެ ހުއްދަ އާދީއްތަ ދުވަހު ރަސްގެފާނު ވަނީ އެކަމަނާއަށް ދެއްވާފައެވެ.

އުމުރުފުޅުން 37 އަހަރުގެ ޕެޓޮންގޓަރން އަކީ މިހާތަނަށް ތައިލަންޑް ގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވި އެންމެ ހަގު ބޭފުޅާއެވެ. އަދި އޭނާއަކީ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާގެ އެންމެ ހަގު ދަރިކަނބަލުންނެވެ.

ޕެޓޮންގޓަރން ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންނެވީ ކޮރަޕްޝަންގެ މައްސަލަ ތަކެއްގައި ކުރީގެ ބޮޑުވަޒީރު ކޯޓުން މަގާމުން ދުރުކުރުމާއި ގުޅިގެން ހިނގި ހަމަނުޖެހުން ތަކަކަށް ފަހުއެވެ. އަދި އޭނާއަކީ ޝިނަވަޓްރާ އާއިލާ އިން އެ މަގާމަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ. ބައްޕާފުޅު ތަކްޝިންއާއި ބޮޑުދައިތަ ޔިންގލަކް ގެ ވެރިކަން ވެއްޓިގެން ދިޔައީ މިލިޓަރީ ބަގާވަތަކުންނެވެ.

ޕެޓޮންގޓަރން އަކީ ސިޔާސީ ކަންކަމަށް ނިސްބަތުން އައު ބޭފުޅެކެވެ. 2022 އާއި ހަމަޔަށް އޭނާ ހުންނެވީ އާއިލީ ވިޔަފާރީގެ އިސްމަގާމެއްގައެވެ.އެނާގެ ވެރިކަމަށް ބައްޕާފުޅު ތަކްޝިންގެ ނުފޫޒު ފޯރާތޯ ވާދަވެރިން ގާތުން ބަލަމުން ދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

2006ގައި މަގާމުން ވަކިކުރެވުނުތާ މާގިނަދުވަހެއްނުވެ ތަކްޝިން ޝިނަވަޓްރާ ގައުމު ދޫކުރައްވާ ވަޑައިގެންނެވިއެވެ. މިދިޔައަހަރު އައު ބޮޑުވަޒީރު މަގާމާ ހަވާލުވެ ވަޑައިގެންނެވި ދުވަހު ގައުމަށް އެބުރި ވަޑައިގެންނެވި ނަމަވެސް ޖަލަށް ލެވިފައިވެއެވެ.

ހޮނިހިރުދުވަހު ތައިލަންޑްގެ ރަސްގެފާނު ވަނީ ތަކްޝިންގެ ހުކުމުގެ ބާކީ މުއްދަތު މަޢާފް ކޮށްދެއްވާފައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް