ކޮންޓެންޓް އުފައްދާ ފަރާތެއްކަމަށްވާ ސްޓީވް ލިމްއަކީ އެއް އިރެއްގައިވެސް ތައިލެންޑުގައި ދިރިއުޅެން ގަސްދުކުރި މީހެއް ނޫނެވެ.
އެހެން ނަމަވެސް، 2022 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ކުރަމުން ދިޔަ ދަތުރުގައި، ބެންގްކޮކްގައި ލޭއޯވާރއެއްގައި މަޑުކުރި މަޑުކުރުމުގެ ތެރެއިން، އޭނާގެ އެމެރިކާއަށް އެތެރެވުމަށް ހުއްދަދީ ލިބުނު ވިސާ ކެންސަލްވިއެވެ. އަދި ނިއުޒިލެންޑްގެ ރައްޔިތެއްކަމަށްވާ ލިމްއަށް ދެން ޖެހުނީ ބޮޑެތި ނިންމުންތަކެއް ނިންމާށެވެ.
އެގޮތުން، ބީރަށްޓެހި ތައިލެންޑްގެ ވެއްޓަކީ މުޅިން އައު މާހައުލަކަށްވީއިރު، އެގައުމުވެސް އައީ ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާގެ ސަބަބުން ކުރިމަތިވި ވެއްޓުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންނެވެ.
އެތާ ދެއަހަރުފަހެވެ. އުމުރުން 27 އަހަރުގެ ލިމް އަދިވެސް ދިރިއުޅެމުންގެންދަނީ ތައިލެންޑްގެ ބެންކޮކްގައެވެ. އޭނާއަކީ ޗައިނާގެ ކުންފުންޏަކަށް ވިޔަފާރި ކޮންޓެންޓް ތައްޔާރުކޮށްދޭ ރިމޯޓް މުވައްޒަފެކެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުނު ނަމަވެސް އަދާކުރެވިދާނެ ވަޒީފާގެ މަގާމެއްގައި ހުރި ލިމް ބުނާ ގޮތުގައި، އޭނާ މިހާރު ދިރިއުޅެމުން ގެންދަނީ “ދެކުނުއިރުމަތީ އޭޝިއާގެ އުފެއްދުންތެރިކަމުގެ ފަންނުގެ އެންމެ ބޮޑު ހާލި” ގައެވެ.
މިގޮތުން، ދިގުމުއްދަތުގެ ވިސާ ދީގެން ނަމަވެސް ލިމް ފަދަ ޑިޖިޓަލް ނޯމަޑުން ތައިލެންޑަށް ގެނައުމަށް އެގައުމުގެ ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، “އިގްނައިޓް ތައިލެންޑް ޓުއަރިޒަމް” ކެމްޕޭން ފާހަގަކޮށްލެވެއެވެ. މިއީ، ތައިލެންޑުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، އެހެން ގައުމުތަކުން ފަތުރުވެރީންނަށް ތައިލެންޑަށް އައުމުގެ ކަންކަން ފަސޭހަ ކޮށްދިނުމަށްޓަކައި ހިންގާ ކެމްޕޭނެއްކަމަށް އެގައުމުގެ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ޑެޕިއުޓީ ގަވަރނަރ، ނިތީ ސީޕްރޭ ބުނެއެވެ.
“އައު ވިސާ ޕޮލިސީގެ ދަށުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެ، ސަރަހައްދީ ވާދަވެރިކަމުގެ ރޭހުގައި ތައިލެންޑަށް ކުރިއެރިދާނެކަމަށް ގަބޫލުކުރެވޭ. އަދި ޒިޔާރަތްކުރާ ފަތުރުވެރިންގެ ސިންދަފާތު އިތުރުވެ، ތަކުރާރުކޮށް ޒިޔާރަތްކުރާ ފަތުރުވެރީންނާއި، ގިނަ ދުވަހު މަޑުކުރާ ފަތުރުވެރީގެ އަދަދު އިތުރުވާނެ. މިއީ ވިޔަފާރި ފުރުސަތުތަކާއި، ބޭރުގެ އިންވެސްޓަރުން ލިބުމުގެ ފުރުސަތުވެސް އިތުރުވާނެ ކަމެއް.” އޭނާ ބުނެފައިވެއެވެ.