އިންޑިޔާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ގައުމީ ފެންވަރުގެ ހަޅުތާލެއް

Loading

Facebook
Twitter
WhatsApp

އިންޑިޔާގައި ޖޫނިއަރ ޑޮކްޓަރެއް ރޭޕްކުރުމަށްފަހު މަރާލާފައިވާ މައްސަލައިގައި އެތައް ސްޓޭޓެއްގައި ހޮނިހިރު ދުވަހު ޑޮކްޓަރުން ގައުމީ ފެންވަރުގެ ހަޅުތާލެއް ކުރަމުން އެބަގެންދާކަމަށް ޚަބަރު ލިބެއެވެ. ރޭޕް ކޮށްފައި ވަނީ ވެސްޓް ބެންގޯލްގެ ކޮލްކަތާ ސިޓީގައެވެ.

އެންމެ ގިނަ ޑޮކްޓަރުން ބައިވެރިވެފައިވާ ޖަމިއްޔާ އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ހުރިހާ ”ނޮން އެސެންޝަލް“ ނުވަތަ މުހިންމު ނޫން ޚިދުމަތްތައް ނުދޭނެ ކަމަށެވެ.އައިއެމްއޭ އިން ސިފަ ކޮށްފައިވާ ގޮތުގައި ނިމުނު ހަފްތާގައި ހިންގާފައިވާ ރޭޕްގެ އަމަލަކީ ވަލު ޖަނަވާރުން ވެސް ކުރާނެފަދަ ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށާ މިހެން ދިމާފައި ވަނީ އަންހެނުންނަށް ޚާއްސަ ޖާގަތައް ކަނޑައެޅިފައި ނުހުންނާތީ ކަމުގައެވެ.މިކަމުގައި އިންސާފު ހޯދާދިނުމަށް އެހީތެރި ވުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ. އައި.އެމްއޭ އިން ބުނީ އިމަރޖެންސީ އަދި ކެޝުއަލްޓީގެ ޚިދުމަތް ދެވޭނެ ކަމަށާ އެހެން ޚިދުމަތް ތައް ހޮނިހިރު ދުވަހު ނުދޭނެ ކަމުގައެވެ.

ކޮލްކަތާސިޓީގެ ވެސްޓް ބެންގޯލްގައި ޖޫނިއަރ ޑޮކްޓަރެއް ރޭޕްކޮށް އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނީ ދިގު ޑިއުޓީއެއް ފުރިހަމަ ކުރުމަށް ފަހު ހުސްހޯލްއެއްގައި ނިދުމަށް ޖައްސާލި ވަގުތު ކަމަށް ވެއެވެ.

ޕޯސްޓް މޯޓަމް ރިޕޯޓްވެސް އެ ހޮސްޕިޓަލުން ފުރަތަމަ ނުދޭން އުޅުނު ކަމަށްވެއެވެ. ނަމަވެސް ހަޅުތާލު ކުރި ޑޮކްޓަރުން ގަދަކަމުން ހޯދައިގެން ބެލުމުން ހާމަވެފައިވާ ގޮތުގައި މަރުގެ ޑޮކްޓަރުގެ ދެފައިވެސް ވަނީ ހަށިގަނޑުގެ ދެއަރިމައްޗަށް ފުޅާކޮށް ބިންދާލާފައެވެ. އައިނު ލޯމައްޗަށް ތަޅާލުމުގެ ސަބަބުން ދެލޮލުން ދަނީ ލޭ އަންނަމުންނެވެ. ކަރުތެރޭންވެސް ލޭ އަންނަމުންދާކަމަށް ވެއެވެ. އަދި ބާރަށް ބޯ ތާކު ޖެއްސުމުގެ ސަބަބުން ފުއްކިބައިގަ ގޮބިލާ ދުޅަވެފައި ވެއެވެ. މީގެ އިތުރުން ހަށިގަނޑުގެ އެތަން މިތަނުގައި ފުން ޒަޚަމްތައް ހުރިކަމަށް ވެއެވެ.

އުމުރުން 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރުގެ މަރާއެކު މުޅި އިންޑިޔާގެ މެޑިކަލް އިންޑަސްޓްރީ ދަނީ އިންސާފް ހޯދުމަށް ގޮވާލާ ހަޅުތާލު ކުރަމުންނެވެ.

މިކަން ކުރި ކަމަށް ޝައްކުވާ މީހާއަކީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ވޮލަންޓިއަރެއް ކަމަށް ވެއެވެ.އޭނާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. މުޒާހަރާކުރާ މީހުން ބުނާ ގޮތުގައި އެކަން ކުރިމީހާޔަށް ވަނީ ފުލުހުން ހިމާޔަތް ދީފައެވެ.

ޑޮކްޓަރުގެ ރޭޕް އާއި ގުޅިގެން ގިނަ އަދަދެއްގެ އަންހެނުން ގުޅިގެން ވަނީ ރޭގަނޑުގެ ހިނގާލުމެއް ވެސް ބާއްވާފައެވެ.މި ހިނގާލުމުގައި އަންހެނުން ވަނީ އަންހެނުންގެ ހައްގުތައް ހޯދާދިނުމަށް ގޮވާލާ އަޑުއުފުލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް