އަމިއްލަ ގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި އިތުރު ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި މެންބަރުކަމަށް އިންތިޚާބުވި އިތުރު ބޭފުޅަކު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީއަށް ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވި މުޙައްމަދު ރަޝީދެވެ.

އަމިއްލަ ގޮތުން ވާދަކުރައްވައި ހޮވުނު އިތުރު 6 މެންބަރަކު ވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.

އިއްޔެ ޕީއެންސީއަށް ސޮއިކުރެއްވީ ޑރ. އަނާރާ ނަޢީމް (ހުރާ ދާއިރާ) އާއި ޙަސަން ޒަރީރު (މަތިވެރި ދާއިރާ) އާއި އަޙްމަދު ޒަމީރު (މައްޗަންގޮޅި މެދު ދާއިރާ) އާއި އަޙްމަދު ރިޔާޒް (ތިމަރަފުށި ދާއިރާ) އާއި ޔާސީން ޢަބްދުﷲ (ނައިފަރު ދާއިރާ) އަދި ޢާޒިމް ޢަބްދުލް ޢަޒީޒް (ވިލިނގިލި ދާއިރާ) އެވެ.

މި ހުރިހާ ބޭފުޅުން ސޮއިކުރެއްވުމާއެކު ޕީއެންސީއަށް ލިބުނު ގޮނޑީގެ ޖުމްލަ އަދަދު ވަނީ 77 އަށް އިތުރުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް