ޝައިޚު މޫސާ ޖަމީލު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

މިދިޔަ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ މިހާރުގެ ރައީސް ޢަބުދު ﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚު މޫސާ ޖަމީލު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޝައިޚު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅުން 88 އަހަރެވެ.

ސޯޝަލްމީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޝައިޚު މޫސާ ޖަމީލު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކުގައިކަމަށެވެ.

ެރައީސްގެ މެސެޖުގައި ވަނީ މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރައްވައިފައެވެ.

ޝައިޚް މޫސާ ޖަމީލް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ ޕީޕީއެމް ޕީއެންސީއިން ވެސް ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔައިފިއެވެ.

ޝައިޚުގެ މައްޗަށް ކަށުނަމާދުކުރީ މިއަދު އަސުރު ނަމާދަށްފަހު މާލޭ އިސްލާމީ މަރުކަޒުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް