ސައުދީ އަރަބިއާގެ ނިއޮމް ޕްރޮޖެކްޓް ނިންމުމަށް ޗައިނާގެ އެހީތެރިކަމަށް ސައުދީއިން އެދެނީ

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިއާއިން ފަށާފައިވާ މެގަޕްރޮޖެކްޓްގެ ސްކޯޕާއި، ބަޖެޓާއިމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅުގައި، ނިއޮމް ރޯޑް ޝޯވ ހިފައިގެން ސައުދީ އަރަބިއާއިން ޗައިނާ އަށް ހިނގައްޖެއެވެ. 

ޗައިނާ އިންވެސްޓަރުން ހޯދުމަށް ނިއޮމްގެ ހިންގުންތެރިން ކުރި މިދަތުރުގައި، ޗައިނާގެ ބެއިޖިންގްއަށާއި، ޝަންގްހައިއަށާއި، ހޮންގްކޮންގް އަށް ގޮސްފައިވާއިރު، ސައުދީއިން ތައްޔާރުކުރާ މެގަސިޓީގެ އިތުރު މައުލޫމާތު އެފަރާތްތަކާއިއެކު ހިއްސާކޮށްފައިވެއެވެ. 

އެގޮތުން، އަދި އެއްވެސް ފަރާތަކާއެކު އެއްބަސްވުމަކަށް އައިސްފައިނުވިނަމަވެސް، މި ބައްދަލުވުންތަކުގެ ބައިވެރިއަކާއި ހަވާލާދީ އޭއެފްޕީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެގްޒިބިޝަނުގެ ސަބަބުން ނިއޮމްގެ ވަށައިގެންލެވިފައި އޮތް ފަރުދާ ކޮންމެވެސް ވަރަކަށް ކަހާލެވުނުކަމަށެވެ. 

500 ބިލިއަން ޑޮލަރުގެ ޕްެރޮޖެކްޓެއްކަމަށް ބެލެވޭ، ނިއޮމްފަދަ ބޮޑު ޕްރޮޖެކްޓަކަށް ބޭނުންވާނެ ފައިސާ ހޯދުމުގެ ކަންކަމާއި މެދު ސައުދީ ސަރުކާރުގެ އެތެރޭންވެސް ސުވާލު އުފައްދާފައިވާކަމަށް ބްލޫމްބާގުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން، ނިއޮމްއާއި ވިޜަން 2030 ފަދަ މެގަޕްރޮޖެކްޓްތަކަށް ފަންޑްކުރުމަށްޓަކައި ސައުދީ ސަރުކާރުން ފައިސާގެ ލޯނުތައް ނަގަން ފަށާފައިވާކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ވަނީ ބުނެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް