މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ މެއިމަހުގެ 28 ގައި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ އަންނަ މެއިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރުން ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މެންބަރުކަމުގެ ހުވާކުރުން މެއި 28 ގައި އޮންނާނެ ކަމަށެވެ. އަދި އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން މިހާރު ގެންދާ ކަމަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާނީ މެއި 15 އަށެވެ.

އެހެންކަމުން މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިޚާބުގައި 93 ދާއިރާއަކަށް ވަނީ މެންބަރުން އިންތިޚާބުކޮށްފައެވެ. އޭގެތެރެއިން 70 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް ޕީއެންސީއިން ވަނީ ސްޕަރ މެޖޯރިޓީ ހޯދައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް