ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރަނީ

Loading

Facebook
Twitter
WhatsApp

މ.ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޢަބްދުﷲ ޒިޔާދެވެ.

މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ ޙަމީދެވެ.

މި މަޝްރޫއުގެ ދަށުން، 1000 އަކަފޫޓުގެ ސަރަހއްދެއްގައި 3 ފަންގިފިލާގެ 75 ފްލެޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުއަކީ 117.97 މިލިއަން ރުފިޔާއަށް 420 ދުވަސްތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް