ރައީސް ޔާމީން މިނިވަންވެއްޖެ

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އެތަކެއް ދުވަސް ފަހުން އެ މައްސަލަ އަލުން ދަށު ކޯޓުން ބަލަން ހައިކޯޓުން މިއަދު އެންގުމުން އެމަނިކުފާނު މިނިވަންވެއްޖެއެވެ.

ވ.އާރަށް ކުއްޔަށް ދޫކުރުމުގެ ނަމުގައި ޚިޔާނަތް ހިންގި ކަމަށް ބުނާ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ދެން ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމްގެ މައްޗަށެވެ. ޔާމީނަށް ރިޝްވަތު ދިންކަމަށް ބުނެ ދައުލަތުން ޔޫސުފް ނަޢީމްގެ މައްޗަށް ކުރި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވާކަމަށް ނިންމައި ދަށު ކޯޓުން އޭނާގެ މައްޗަށް އިއްވީ
03 އަހަރާއި 02 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ދެބޭފުޅުންގެ ފަރާތްޕުޅުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް ކުރުމުގެ މަޖިލިސް ބޭއްވީ މިއަދުއެވެ.

ދަށު ކޯޓުގެ ހުކުމުގައި ގޯސްތަކެއް ހުރި ކަމަށް ނިންމައި ހައިކޯޓުން އެންގީ ނަޢީމްގެ މައްޗަށް ކުރި ދައުވާ އަލުން ދަށުން ކޯޓުން ބެލުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް