ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އިބްރާހީމް ޙިލްމީ އައްޔަން ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު, ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު އައްޔަން ކުރައްވައިފިއެވެ.

ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީއަށް މޭޖަރ ޖެނެރަލްގެ ރޭންކު ހަވާލުކުރެއްވުމަށް ބަންޑާރަކޮށީގައި މިއަދު ހެނދުނު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ރޭންކު ހަވާލުކޮށްދެއްވީ ރައީސް ޑރ.މުޢިއްޒެވެ. އަދި ރޭންކު ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.

ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވައި އެކަމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ.މުޢިއްޒެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އިބްރާހީމް ޙިލްމީ އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް, 39 އަހަރުގެ ޚިދުމަތަށްފަހު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔަރ ކުރެއްވުމުންނެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ 2023 ޑިސެންބަރު 13 ވަނަ ދުވަހުން ފެށިގެން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

އޭނާ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް