މަޖިލިސް އިންތިޚާބު: ޕީއެންއެފްއިން އަތޮޅުތެރެއަށް ދަތުރު ފަށައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އަތޮޅުތެރެއަށް ދަތުރު ފަށައިފިއެވެ.

ޕީއެންއެފް މަޖިލިސް ކެމްޕެއިން އަތޮޅުތެރޭ ދަތުރު މިއަދު ފަށާފައިވާއިރު ފުރަތަމަ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވަނީ ކ.ހުރާ އަދި ހިންމަފުށްޓަށެވެ.

ޕީއެންއެފްގެ ފަރާތުން ހުރާ ދާއިރާއަށް ވާދަކުރައްވަނީ އާމިނަތު ރުޢްލާ އަޙްމަދު (ރުލާ) އެވެ. ޖުމްލަ 93 ދާއިރާއަށް މިފަހަރު މެންބަރުން އިންތިޚާބުކުރާއިރު ހުރާ ދާއިރާއަކީ އަލަށް އިތުރުކުރެވުނު ދާއިރާއެކެވެ. މި ދާއިރާގައި ހިމެނެނީ ހުރާގެ އިތުރުން ހިންމަފުށްޓާއި ގުޅިއެވެ.

ޕީއެންއެފްއިން ވަނީ މިރޭ ހުޅުމާލޭގައި ޖަގަހަ ޖަލްސާއެއް ވެސް ބާއްވަން ނިންމައިފައެވެ. ޕީއެންއެފް ހުޅުމާލެ ޖަގަހަ (ފޭސް 2) ގައި މި ޖަލްސާ އޮންނާނީ މިރޭ 20:45 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް