ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުންނާއި ރައީސާއި ނައިބު ރައީސް އައްޔަންކުރައްވައިފި

Loading

Facebook
Twitter
WhatsApp

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް މިއަދު ބޭފުޅުން އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒުވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފައިވާ ކަމަށެވެ.

އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ފުވައްމުލައް ސިޓީ ދަޑިމަގު. ގްލޯރީގެ އިސްޙާޤު ޙުސައިނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް އައްޔަންކުރެއްވީ ޅ.ހިންނަވަރު، ހިޔާވަހި ފާޠިމަތު މަހީރާ މުޙައްމަދެވެ.

މީގެއިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހުޅުމާލެ ހިޔާ 04-21-8 ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އިޝާރާ ޢަބްދުލްޢަޒީޒާއި ދަފްތަރު. ނަންބަރު ދރ 265 ސައުސަން ޢަލީ ވަނީ އައްޔަންކުރައްވާފައެވެ.

މި ހުރިހާ ބޭފުޅުންނަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.

ފޮޓޯ: ރައީސް އޮފީސް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް