އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

Loading

Facebook
Twitter
WhatsApp

ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމީ މާލެ ސިޓީ ކައުންސިލުގެ 04 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އެ ގަޑީގައި އިމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްސަ ސްޓިކަރ މި ކައުންސިލްގެ އާންމު ޚިދުމަތާއި ބެހޭ ބައިން އެފަދަ ޚިދުމަތްތައް ދޭ ވެހިކަލްތަކަށް ޢީދު ދުވަހުގެ ހެނދުނު 10:00ން ހަވީރު 16:00އަށް ދޫކުރާނެ ކަމަށެވެ.

“ވީމާ ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި މަތީގައި ދެންނެވިފައިވާ ދުވަހު ހަވީރު 16:00ން 18:00އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގާ އިުލާންކުރީމެވެ.“

މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް