އަދުރޭއާއި އަދުރޭގެ ދަރި ފައިސަލް ވެސް ވަޒީރުކަމަށް ކޮލިފައިނުވޭ: ޖަމީލު

Loading

Facebook
Twitter
WhatsApp

ވަޒީރު ފެންވަރުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްސަ މުޝީރުކަމުގައި ހުންނެވި ޢަބްދުުއްރަޙީމް (އަދުރޭ) އާއި އޭނާގެ ދަރިފުޅު, ފަތުރުވެރިވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވަޒީރުކަމަށް ކޮލިފައި ނުވާކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެއްގެ ވާހަކަދެއްކުމުގެ ފެންވަރު ހުރި ވަރާމެދު އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާތީ އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކެމްޕޭން ޖަލްސާގައި ޕީއެންސީގެ ކެންޑިޑޭޓް ވާހަކަދެއްކެވި މަންޒަރު ފެންނަ ވީޑިއޯ ހިއްސާކުރައްވަމުން ޖަމީލު ވިދާޅުވީ އެއްވެސް މީހަކު މަގާމަކަށް ނުވަތަ ވަޒީފާއަކަށް ކުރިމަތިލުން މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު މިފަދަ ފަރާތްތައް މަޖިލިސްއަށް ކޮލިފައި ނުވާކަމަށް ޖަމީލު ވިދާޅުވިއެވެ.

މި ބީދައިން ބަލާއިރު ތައުލީމީ މި ރާއްޖޭގައި “އަދުރޭ އާ އަދުރޭގެ ދަރި ފައިޞަލް ވެސް“ މިގައުމުގެ ޓެކްސް ފައިސާގައި ވަޒީރުކަމަށް ކޮލިފައި ނުވާކަމަށް ޖަމީލު ވިދާޅުވިއެވެ.

އަދުރޭއަށް ފާޑު އަމާޒުކޮށް ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހު މިއަދު ވިދާޅުވީ“އަދުރޭ އަތްދަށުވެ ގައުމު މިދަނީ ހުންގާނެއް ނެތް އޮޑިއެއް ފަދައިން“ ކަމަށެވެ. ރައީސްއަކަށް ހުންނަވާ ބޭފުޅަކު އާންމު ފަރުދެއްގެ އަތްދަށު ވުމަކީ ގައުމަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

“އަދުރޭ އަތްދަށު ހުރިހާ ކުންފުނިތަކެއްގެ ފައިނޭންސް އަދި ޕްރޯކިއޯމަންޓްވެސް އޮތީ. ހިތާމައިގެ ކޮޅެއް ނެތް.“ މަލީހު ވިދާޅުވިއެވެ.

Loading

One Response

  1. ވަށަފަރު ޖަމީލު ކޮލިފައިވަނީ ކޮންކަމަކަށް ނައިބު ރައިކސްކަން ލިބުމުން ވަށަފަރު ޖަމީލު ކޮލިފައިވީތޯ؟ ވަށަފަރު ޖަމީލު ކޮލިފައިވަނީ އެއިރެއްގަ ހުއްނަވެރިޔަކަށް ގައްދާރު ވުމަށާއި ވެރިންގެ މަސްކެއުމަށް ކޮލިފައިވޭ އެހެން ކަމަކަށް ވަށަފަރު ޖަމީލު ކޮލިފައިވެފައެށްނެށް އެއްވެސް މިންވަރެއްގެ އިންސާނީއްޔަތު ކަމެށް ނެއްމީހެއް ކޮލިފައިވާންވީކަމެށް މިގައުން އަދިފެނިފައެއްނެށް ތިޔަޖަމީލަކީ އޮބަށް ޖެހި ޖަމީލު ތިޔައީ ރ ޔާމީނަށް އެއްމެފުރަތަމަ ކުރި ހުކުމުގައި އެއްމެ އިސްކޮށްހުރި ކަލޭގެ ހަދުމަނެތކިތޯ،

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް