ޕީއެންއެފް އުުފެއްދުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 8 ގައި, ޔާމީން ބައިވެރިވެވަޑައިގަންނަވާނެ

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުުފެއްދުމަށް ބާއްވާ ބައްދަލުވުން މި މަހުގެ 08 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީޙު ޖަމާލު މިއަދު މީޑިއާތަކަށް ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް މި މަހު 08 ވަނަ ދުވަހު ބާއްވާ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

“ޕީޕަލްސް ނެޝަނަލް ފްރަންޓު” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މއ.ކާމިނީހުޅަނގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ‏ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީއިން ދިނީ މި މަހުގެ 04 ވަނަ ދުވަހުއެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީއެންއެފް އުުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަލީހު ވިދާޅުވި ނަމަވެސް ކަރެކްޝަނުން ޔާމީނަށް އަދި އެފަދަ ހުއްދައެއް ދިންކަމެއް އަދި ސާފެއް ނުވެއެވެ.

ކުރީގެ ރައީސް ޔާމީން މިވަގުތު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށްވާތީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުން އޮތީ މަނާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް