ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރަސްމީ ގެކޮޅު, ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ.

އޯކިޑުމަގުގައި ހުންނަ ހިލާލީގެއަކީ ނައިބު ރައީސުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާއިރު ދިރިއުޅުއްވުމަަށް ޚާއްސަކޮށްފައިވާ ގެކޮޅެކެވެ.

ނައިބު ރައީސް މިހާތަނަށް ހިލާލީގެއަށް ދިރިއުޅުއްވުން ބަދަލުނުކުރައްވައި މަޑުކުރެއްވީ ހިލާލީގެ މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން ދިއުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވެސް ހިލާލީގޭގައި ދިރިއުޅުއްވިއެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ވެސް އެ ގެކޮޅުގައި ދިރިއުޅުއްވިއެވެ. އެންމެ ފަހުން އެ ގެކޮޅުގައި ދިރިއުޅުއްވި ނައިބު ރައީސް ފައިޞަލް ނަސީމް އެ ގެކޮޅު ދޫކުރައްވައި ނުކުމެވަޑައިގަތީ ނޮވެމްބަރު 15 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް