ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލައިފި

Loading

Facebook
Twitter
WhatsApp

ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ދެ މީހަކު ފިލައިފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޒުއްދީންމަގުގައި ކުނިކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގެ ރިޕޯޓުކުރީ ރޭ 23:17 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ. އެއީ 48 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ސައިކަލުގައި ތިބި ދެ މީހުން މަޑުނުކޮށް ފިލާފައިވާ ކަމަށެވެ. އެގޮތުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފޮޓޯ: މިހާރު

Loading

One Response

  1. އެކުދިން ހޯދާނެ ކަމެއްނެތް އެވާނީ ބަލި ކުދިން ކަމަށް….ހޯދިޔަސް އެކުދިން ދޫކޮށްލާނެ….ޙައްލަކީ ޢުމަރު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް