ޕީއެންއެފް އުުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަދީފި

Loading

Facebook
Twitter
WhatsApp

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.

އީސީއިން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން “ޕީޕަލްސް ނެޝަނަލް ފްރަންޓު” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 (ތިންހާސް) މީހުންގެ ސޮއި ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މއ.ކާމިނީހުޅަގުގެ، ޒެއިން ޔާމީން ޢަބްދުލްޤަައްޔޫމަށް ސިޔާސީ ޕާޓީ އުފެއްދުމަށް ‏ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށް އީސީއިން ބުންޏެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ހުއްދަ, ޒެއިން ޔާމީނަށް ދިނީ މިދިޔަ ނޮވެމްބަރު 29 ގައެވެ. ޒެއިންގެ ނަމުގައި ޕާޓީ ހަދަން ހުއްދަ ދިން ނަމަވެސް މި ޕާޓީގެ މުއައްސިސުންގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 08 ބޭފުޅަކު ތިއްބަވަން އެމަނިކުފާނު ބޭނުންވެވަޑައިގަންނަވައެވެ.

އޭގެތެރޭގައި ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު, ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު, ޕީޕީއެމްގެ ކުރީގެ ޓްރެޝަރާ އަޙްމަދު މުޞްޠަފާ, މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދްލީ އިސްމާޢީލް, ޑރ.ޙުސައިން ޖިހާދު, ޢަލީ އާދަމް (ކަކާގެ އަލިބެ) ހިމެނެއެވެ.

ފޮޓޯ: މިހާރު

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް