ޔަމަނު މުޖާހިދުންގެ ނިމުމެއްނެތް ޙަމަލާތަކުގެ ކުރިމަތީގައި އެމެރިކާގެ ނޭވީ ވަރަށް އަވަދިނެތި! 

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫ. އެސް. އެސް. ޑްވައިޓް ޑީ. އައިޒެންހަވަރ އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ރެޑް ސީން ދަތުރކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސި ވިލާތާއި ގުޅުން ހުރި އެއްވެސް އުޅަނދަކަށް ސަލާމަތުން ދަތުރު ނުކުރެވޭނެ ކަމަށްޔަމަނުގެ ހޫތީ މުޖާހިދުން ދިން އިންޒާރާއި ގުޅިގެން އެ ދަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުގައި ބައިވެރި ވުމަށް ފޮނުވި އެމެރިކާގެ އެންމެ ބިޔަ އެއަރކްރާފްޓް ކެރިއަރ އެވެ.

މިދިޔަ  ނޮވެމްބަރ މަހުގެތެރޭގައި ރެޑް ސީގެ ޙަމަލާތައް ފެށި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުތައް އެ ކަނޑަށް ޖަމާވިފަހުން އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫ. އެސް. އެސް. ޑްވައިޓް ޑީ. އައިޒެންހަވަރ އަށް ހަނގުރާމައިގެ މައިދާނުގައި ޒިޔާރަތްކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ބީ. ބީ. ސީ. ގެ ނޫސްވެރިންނަށެވެ. 

ބީ. ބީ. ސީ. ގެ ނޫސްވެރިންނަށް އެއަރކްރާފްޓް ކެރިއަރުން ފެނުން މަންޒަރު ތަކުން އެނގިގެންދިޔައީ ޔަމަނުގެ މުޖާހިދުންގެ ޙަމަލާތައް އަމާޒުވެގެންދަނީ ހަމައެކަނި އެ މަގުން ދަތުރުކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ނޫންކަމަށެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ވަސީލަތުގެ ގޮތުންނާއި ހަނގުރާމައިގެ ކޮންމެ ޙާލަތަކަށް އެންމެ ފުރިހަމަ އަށް ޙަރަކާތްތެރިވެވޭނެ އުޅަނދަކަށް މިވަގުތު ދުނިޔޭގައި އޮތީ އެއަރކްރާފްޓް ކެރިއަރ ޔޫ. އެސް. އެސް. ޑްވައިޓް ޑީ. އައިޒެންހަވަރ އެވެ. އެހެންނަމަވެސް އެ އުޅަނދަށް ޔަމަނުގެމުޖާހިދުންގެ ސަބަބުން މެދުވެރިވަމުންދާ ނުރައްކާއޮޅުންފިލުވާދިނީ ހަނގުރާމައިގެ އެތައް އެތައް ތަޖްރިބާއެއް ލިބިފައި ހުރި އެ އުޅަނދުގެ ކޮމާންޑިން އޮފިސަރ ކެޕްޓަން ޑެވް ރޯ އެވެ. 

އޭނާ ބުނެފައިވާގޮތުގައި އެ މަގުން ދަތުރުކުރަމުންދާ މުދާ އުފުލާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވުރެން މި އެއަރކްރާފްޓް ކެރިއަރގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވަމުންދާ ނުރައްކާތެރިކަން އަދި މާބޮޑުކަމަށެވެ.                                        

ހޫތީ މުޖާހިދުންގެ އެންޓީ-ޝިޕް ބެލިސްޓިކް މިސައިލްތަކާއި ކުރޫޒް މިސައިލާއި އިންސާނުންނާ ނުލައި ބޭނުންކުރާ އޭރިއަލް އުޅަނދުތަކާއި އިންސާނުންނާ ނުލައި ކަނޑުމަގުން ބޭނުންކުރާ އުޅަނދު ފަހަރާއި އަދި މިހާރު އިންސާނުންނާ ނުލައި ކަނޑުއަޑިން ގޮވާތަކެއްޗާއެކު ޙަމަލާ ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރުގެ ނުރައްކާ މެދުވެރިވާނެ އިރެއް ނޭގެއެވެ. އެފަދަ ޙަމަލާތަކުން ރައްކާތެރިވުމަށް ލިބެނީ ވަރަށް މަދު ސިކުންތުކޮޅެކެވެ.     

ކަނޑުއަޑިން ގޮވާތަކެއްޗާއިއެކު ޙަމަލާ ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރަކީ ( ޔޫ. ޔޫ. ވީ. )  ހޫތީ މުޖާހިދުން އަލަށް ތަޢާރުފް ކުރި ވަރަށް ނުރައްކާތެރި ހަތިޔާރެކެވެ.                                    

އެމެރިކާގެ ނޭވީންނަށް މިއިން ޒަމާނަކު މިވަރުގެ ނުރައްކާތެރި ކަމަކާއި ކުރިމަތިލާން ނުޖެހޭކަމަށް  އޭނާ ކިޔައިދިނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ކޮންމެ ދުވަހަކު އެމެރިކާގެ ނޭވީންނަށް ޙަމަލާތަކާއި ކުރިމަތިލާން ޖެހުނު މިއީ ފުރަތަމަ ފަހަރުކަމަށެވެ.

ފްލައިޓް ޑެކުގައި އެފް -18 ގެ ޖެޓްތައް 24 ގަޑިއިރު އޮންނަންޖެހެނީ އަބަދުމެ ތައްޔާރީ ހާލަތުގައެވެ.             

ފްލައިޓް ކޮންޓްރޯލް ޓަވަރުން ކޮމާންޑަރ ޖޯރޖް ޒިންޓަކް ބުނެފައިވަނީ އެމެރިކާ ނޭވީންގެ ތެރޭގައި ހޭދަވެގެން މިދާ 30 އަހަރު ދުވަހުގެ ތެރޭގައި މިހާވަރަށް ނުރައްކަލަށް ހުރަހޮޅިފައިވީ ދުވަސްތަކެއް ފެނިފައި ނުވާކަމަށެވެ.

ޙަމަލާތައް ދިނުމުގައި އެންމެ އިސް ވެރިޔަކަށް ހުރި ރެއަރ އެޑްމިރަލް މާރކް މިގުވޭޒް ކިޔާދިންގޮތުގައި އިނގިރޭސި ވިލާތުގެ އެހީއާއިއެކު އެމެރިކާއިން ދެމުންގެންދާ ޙަމަލާތަކުގެ ސަބަބުން ހޫތީ މުޖާހިދުން ކޮންމެވެސް ވަރަކަށް ބަލިކުރެވި އަދި ރެޑ ސީގެ ދަތުރު ކުރުމުގައި އެ ޖަމާއަތުން ކުރަމުންގެންދާ ދުއްތުރާތަކަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިއްޖެއެވެ. އެކަމަކު އެ ޖަމާއަތުގެ ޙަމަލާތައް ހުއްޓުވުން އަދި އޮތީ މާދުރުގައޭ ބުނަންޖެހެއެވެ.

ހޫތީ މުޖާހިދުންނަށް މެދުކެނޑުމެއް ނެތި އީރާނުގެ އެހީ ދަނީ ލިބެމުންނެވެ. އެއީ ހަމައެކަނި ހަތިޔާރު ދިނުމެއްވެސް ނޫނެވެ. ހަމައެއާއިއެކު ޓެކްނޯލޮޖީއާއި ސިއްރު މަޢުލޫމާތާއި އަދި ޙަމަލާތައް ރާވާނެގޮތްވެސް ކިޔާދެނީ އީރާނުންކަން އޮތީ އެނގޭކަމަށެވެ.

އެހެން ކަމަށް ވާނަމަ އެމެރިކާއިން އީރާނަށް ޙަމަލާނުދެނީ ކީއްވެގެންތޯ ބީ. ބީ. ސީ. ގެ އިސް ރިޕޯރޓަކު ރެއަރ އެޑްމިލް އާއި ސުވާލުކުރުމުން ލިބުނު ޖަވާބަކީ ރައީސް ޖޯ ބައިޑަން މި ހަނގުރާމަ ފުޅަވެގެން ދިއުމަކަށް ބޭނުންފުޅެއް ނުވެއެވެ. އަދިއަހަރެމެން މިތާ ތިބެން އެމެރިކާ ސަރުކާރުން ބޭނުންވާހާ ދުވަހަކު މިތާ ތިބެންޖެހޭނެއެވެ. އެއީ ކިހާ މުއްދަތެއްކަން ބުނެދޭކަށް ނޭގެއެވެ.

ޔޫ. އެސް. އެސް. އައިޒަންހަވަރުގެ ކޮމާންޑަރުންނާއި އޮފިޝަލުންނާއި ފަޅުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިގު ދުވަސްތަކެއްގައި ކަނޑުމަތީގައި އަދި ހަނގުރާމައެއްގެ ތެރޭގައި އުޅެން ޖެހިފައިވުމެވެ. މީހުން ވަރުބަލިވެ ގެދޮރާއި އާއިލާއާއި ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުން ފޫބެއްދޭނެ އެހެން ވަސީލަތެއް ތަންތަން ސުންނާފަތި ކޮށް މީހުން މެރުން ފިޔަވައި ނެތެވެ.

އަހަރެމެން ބޭނުންވަނީ ހޫތީ މުޖާހިދުންގެ ހުރިހާ ޙަމަލާތަކެއް ހުއްޓުވައި އެޖަމާޢަތް އަމާންދިނުމަށެވެ. އެއީ ކުރެވިދާނެ ކަމެއްތޯ ސުވާލުކުރުމުން ލިބުނު ޖަވާބަކީ “ ތިޔައީ ޖަވާބު ދިނުން ވަރަށް އުދަނގޫ ސުވާލެކެވެ ”. ހޫތީ މުޖާހިދުން ބަލިކޮށްލުމަށްޓަކައި އެމެރިކާއިން ޖެހޭނީ މިއަށްވުރެން މާގަދައަށް ހަނގުރާމަ ކުރާށެވެ. މިގޮތަށް ކިތަންމެ ޒަމާނެއްވެސް ފާއިތުވެގެން ހިގަނދާނެއެވެ. މީގެކުރިންވެސް ސަޢޫދީ އަރަބިޔާ އާއި ޔޫ.އޭ.އީ މެދުވެރިކޮށް އެތަކެއް އަހަރުދުވަހު އެމީހުން ނައްތާލުމަށް ކުރެވުނު ހަނގުރާމަވެސް ހުށްޓާލަން ޖެހުނީ އެދެވޭ ނަތީޖާ ނުލިބިއެވެ.                                      

ކޮމާންޑިން އޮފިސަރު ކެޕްޓަން ކްރިސް ހިލް ބުނެފައިވަނީ އުޅަނދުގައި ތިބި މީހުންނަށް ގެއަށް އާއިލާކައިރިއަށް ދެވޭނެ ދުވަހެއްވެސް ނޭގުމާއިއެކު މުނިފޫހި ފިލުވުމަށްޓަކައި ގެންގުޅެނީ ކުއްތާއެވެ. ކުއްތާތަކަށް ތިބޭނީ ފުރިހަމަޔަށް ތަމްރީނު ދީފައެވެ.

މިހުރިހާކަމަކަށް ވުރެންވެސް ބޮޑު އެހެން މައްސަލައެއް ސަރުކާރުން އޮތީ ހައްލުކުރަން ޖެހިފައެވެ. ހޫތީ މުޖާހިދުންތިބީ އެއްގަމުގައެވެ. އެމީހުންނަށް ލިބުނު ކާއެއްޗަކުން ފުއްދާލުމަކީ އެމީހުން ތަބީއަތުގެ ބައެކެވެ. އަހަރެމެން މިތިބީ ކަނޑުމަތީގައެވެ. ކާބޯތަކެތި ގެނެސްދިނުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ޔޫ އެސް އެސް އައިޒަންހަވަރުގެ 5000 މީހުންނަށް ހަމައެކަނި ކާންދިނުމަށް އެމެރިކާސަރުކާރުން މަހަކު އެތަކެއް މިލިއަން ޑޮލަރ ޚަރަދު ކުރަން ޖެހެއެވެ.

ކުރިމަތިން ފެންނަ މަންޒަރުތަކުގައި އަދި މިހާތަނަށް ހިތްހަމަޖެހުމުގެ އެއްވެސް ކުލަވަރެއް ފެންނާން ނެތްކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް