މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައި

Loading

Facebook
Twitter
WhatsApp

ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ހަ ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ކުރިން ނިންމި ނަމަވެސް ރީ ރަޖިސްޓަރ ވި މީހުންގެ އަދަދު މަދުވުމުން ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައެވެ. އެއީ އިންޑިއާގެ ޓްރިވެންޑްރަމާއި ލަންކާގެ ކޮލަމްބޯ އަދި މެލޭޝިޔާގެ ކުއަލަލަމްޕޫރެވެ.

ރީ ރަޖިސްޓްރީވި މީހުންގެ އަދަދު މަދުވުމުން އިނގިރޭސިވިލާތާއި ޔޫއޭއީއާއި ތައިލެންޑްގައި ވޯޓު ފޮށި ނުބަހައްޓަން ވަނީ ނިންމާފައެވެ.

އެ ތަންތަނުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ވި މީހުންގެ އަދަދު 150 އަށްވުރެ މަދެވެ. އީސީއިން މީގެކުރިން ބުނެފައިވަނީ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ފޮށްޓަކަށް ވޯޓުލާން 150 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރީ ކުރާނަމަ ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މި އިންތިޚާބު އޮންނާނީ އޭޕްރީލް 21 ގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް