ފަސް އަހަރު ނިމޭއިރު ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަޔަށް ބޮޑުކުރާނަން: ރައީސް

Loading

Facebook
Twitter
WhatsApp

މި ފަސް އަހަރު ނިމޭއިރު މިހާރުގެ ކޯސްޓްގާޑުގެ ކެޕޭސިޓީ ދެގުނަޔަށް ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތަށް ތައާރަފުކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެމްއެންޑީއެފްއިން ކަނޑުމަގުގައި މިހާރު މި ބޭނުންކުރާ ކޯސްޓްގާޑުގެ އުޅަނދުތަކުގެ ހާލަތު ވެސް ހުރީ ވަރަށް ދަށްކޮށް ކަމަށެވެ.

“އާދައިގެ މެދު ސައިޒުގެ މިހުރި ވެސަލްތަކަކީ، ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދުތައް، ދިހަވަރަކަށް، ބާރަވަރަކަށް އުޅަނދު އޮތް ނަމަވެސް، ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ހާލަތުގައި ހުރީ. މިއީ ހިތާމަހުރި ކަމެއް. އެތައް އަހަރެއް މިދިޔައީ މިކަންކަމަށް ސަމާލުކަން ނުދެވި.“

އެހެންނަމަވެސް، މިއީ އެއްގޮތަކަށްވެސް ބަލައިގަންނަންޖެހޭނެ ކަމެއް ނޫން ކަމަށާއި މިއީ ދިވެހިންނަށް ހައްގު މިންވަރެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މި ފަސް އަހަރު ނިމޭއިރު، މިހާރުގެ ކޯސްޓްގާޑުގެ ކެޕޭސިޓީ، ދެގުނަޔަށް ބޮޑުކުރައްވާނެ ކަމަށާއި އެކި ސައިޒްގެ އުޅަނދުތައް ހޯދައިދެއްވާނެ ކަމަށާއި މިހާރުވެސް އެ މަސައްކަތް އެބަ ހިނގާ ކަމަށް ރައީސް ވިދާޅުވިއެވެ.

Loading

One Response

  1. ސާބަހޭ ރައީސް ! އެއްވާމަކަށް ހިފަހައްޓައިގެން ގެންދެވިމާ ނަތީޖާ ފެންނާނެއެވެ. މާބޮޑަށް ޙަސަދަވެރި ނުވުން ވެސް ވަރަށް މުހިންމު. ބަހާއި ޢަމަލަށް އަބަދުވެސް ވިސްނަވާތި. މިޒަމާނަކީ ރެކޯޑް ކުރެވި ސޭވްކުރެވި ރައްކާވެސް ކުރާ ޒަމާނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް